ކުޅުއްދުއްފުށީގައި ޒަރޫރީ ބޭނުންތައް ނުފުދި މީހުން ތިބިތޯ ދެނެގަތުމުގެ މަސައްކަތް ފަށައިފި

ކުޅުއްދުއްފުށީގައި ޒަރޫރީ ބޭނުންތައް ނުފުދި މީހުން ތިބިތޯ ދެނެގަތުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޖިމީ
24 އޮކްޓޯބަރ 2020 08:55
0

ކޯވީޑް-19ގެ ޙާލަތާއި ގުޅިގެން ހދ.ކުޅުދުއްފުށީގައި ޒަރޫރީ ބޭނުންތައް ނުފުދި މީހުން ތިބިތޯ ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ. ކުޅުދުއްފުށީގެ ޓާސްކް ފޯހުގެ ފަރާތުން އެރަށުގައި ޒަރޫރީ ބޭނުންތައް ނުފުދި ތިބި މީހުން ދެނެގަތުމުގެ މަސައްކަތް ފަށާފައިވަނީ ލޯކަލް ޓްރާންސްމިޝަނެއް އެރަށުގައި އޮތުމުން އެރަށް މޮނިޓަރިންއަށް ލާފައިވާތީއެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ މިމަސައްކަތް އެރަށު ޓާސްކު ފޯހުން ފަށާފައިވަނީ އިއްޔެކަމަށެވެ. އަދި މިހާތަނަށް ޒަރޫރި ބޭނުންތައް ނުފުދިފައިތިބި 9 މީހަކު ފާހަގަކުރެވިފައިވާކަމަށާއި، އަދިވެސް އިތުރު ބަޔަކު ތިބިތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ޒަރޫރީ ބޭނުންތައް ނުފުދި ތިބިމީހުންނާއި، އެނޫންވެސް އެކި ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ މީހުން، ކުޅުދުއްފުށީ ޓާސްފޯހަށް ގުޅުމަށް ވަނީ ހޮޓްލައިނެއްވެސް މިހާރު ޤާއިމްކޮށްފައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެރަށް މޮނިޓަރިންގެ ޙާލަތަށް ލާފައިއޮތުމުގެ ސަބަބުން ރަށުން ނުފުރިފައި ތިބި މީހުންވެސް ހޮޓްލައިނަށް ގުޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. އެފަދަ މީހުން ގުޅުމަށް ޤާއިމްކޮށްފައިވާ ހޮޓްލައިން ނަމްބަރަކީ 6528831 އެވެ.

ކުޅުދުއްފުށީ ކައުންސިލާއި ރެޑްކުރެސެންޓް ގުޅިގެން ވަނީ އެރަށުގައި ދިރިއުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ޙާލަތުވެސް ބަލަންފަށާފައެވެ. މިހާތަނަށް 37 ގެއަކަށް ޒިޔާރަތްކޮށްފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

 

ކުޅުދުއްފުށީ އަދިވެސް މޮނިޓަރިންގެ ޙާލަތުގައި އޮތުމުގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައިވާއިރު، އިތުރަށް އެރަށުގައި ބަލި ފެތުރުނަ ނުދިނުމަށް ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓްތައް އަދި ވިޔަފާރިތައް އިންސްޕެކްޓު ކުރުންވެސް އެރަށުގައި ކުރިއަށް ގެންދެއެވެ.
ކުޅުދުއްފުށީގައި މިވަގުތުވެސް ކޯވިޑް ބަލިމީހުންގެ ގޮތުގައި 11 މީހަކު އެބަތިއްބެވެ. އެއީ 8 ދިވެހިންނާއި 3 ބިދޭސީންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.