އަލީ ވަހީދުގެ އޮންލައިން ޝަރީއަތުގެ މައްސަލަ ސުޕްރީމް ކޯޓަށް

އަލީ ވަހީދުގެ އޮންލައިން ޝަރީއަތުގެ މައްސަލަ ސުޕްރީމް ކޯޓަށް

ގުޅުންހުރި

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ ޝަރީޢަތް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގައި ހައިކޯޓަށް ހުށައެޅި އިސްތިއުނާފު މައްސަލަ އެކޯޓުން ބާޠިލުކުރުމާއި ގުޅިގެން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައިފިއެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ވިދާޅުވީ އަލީ ވަހީދުގެ މައްސަލައިގައި ހައިކޯޓުގެ އެ ނިންމުން ބަލައިނުގަންނާތީ މިއަދުގެ ވަގުތެއްގައި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާނެ ކަމަށެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދިޔުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށް ބުނެ ދަޢުލަތުން ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފުކުރުމުން މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންވަނީ މިފަދަ މައްސަލަތަކަކީ ހައިކޯޓުން 7 ދުވަސްތެރޭ ނިންމަންޖެހޭ މައްސަލައެއްކަން އެނގޭއިރު، އަދި ޢާލީ ވަހީދު ހުރީ ރާއްޖެއިން ބޭރުގައިކަން އެނގޭއިރު މައްސަލަ ހައިކޯޓަށް ހުށައެޅީ ކޮން މަޤްސަދެއްގައިތޯ ސުވާލުކުރައްވާފައެވެ.

ރައްދުގައި ދަޢުލަތުގެ ވަކީލުން ވިދާޅުވީ ކޯޓުތަކުގެ އިޚްތިސާސް އޮންނަ ސަރަހައްދަށް މައްސަލައިގައި ހިމެނޭ މީހުން ގެނައުމުގެ ބާރު ލިބިގެންވަނީ ކޯޓުތަކަށްކަމަށެވެ. އެހެންކަމުން އަލީ ވަހީދު ރާއްޖެ ގެނެސްގެން މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައިވެސް ކުރިއަށް ގެންދިއުމަށް ދަޢުލަތުން އެދޭކަމަށެވެ.

ޢަލީ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުންނެވި އިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް އުފުލާ އެ މައްސަލަތަކުގެ ޝަރީއަތްތައް މީގެ ކުރިން ވަނީ އަލީ ވަހީދު ހާޒިރުކޮށްގެން ކުރިޔަށްގެންގޮސްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމާއެކު، އޭނާ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އެމައްސަލައިގައި އޭނާގެ ޕާސްޕޯޓް އަލުން ހިފަހައްޓައި ދިނުމުގެ އަމުރެއް ނެރެ ދިނުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ހުށައެޅިނަމަވެސް ކޯޓުން އަމުރު ނެރުމަށް ވަނީ ދެކޮޅު ހަދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ