ކޯވިޑް19 އަށް ޕޮޒިޓިވް މީހަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިްނ ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ނިޔާވެފައިވަނީ، ށ. ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި، ފަރުވާ ދެމުންދިޔަ، އުމުރުން 59 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ރޭގެ ދަންވަރު 03:05 ގައެވެ.
މިއީ ކޯވިޑް19ގައި ރާއްޖެއިން ނިޔާވި 214 ވަނަ މީހާއެވެ.
ކޯވިޑް ބަލީގައި އެންމެ ފަހުން ރާއްޖޭގައި މީހަކު ނިޔާވެފައިވަނީ، މިމަހުގެ 01 ވަނަ ދުވަހުއެވެ. އެދުވަހު ކޯވިޑް ބަލީގައި 2 މީހަކު ނިޔާވެފައި ވެއެވެ.
10 ދުވަހަށްފަހު، މިއަދު ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވާއިރު، އިއް ރާއްޖެއިން ކޯވިޑް-19އަށް އިތުރު 90 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 90 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 23 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 58 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 06 މީހުންނާއި، ތަރައްޤީކުރަމުންގެންދާ ރަށަކަުން ޕޮޒިޓިވްވި 03 މީހެކެވެ.
އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 74،993 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ހުރީ 2،650 ގައި އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 21 މީހަކަށެވެ.
ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 241 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 72،118 އަށް އިތުރުވެފަ އެވެ.
މިހާތަނަށް ރާއްޖޭގައި ކޯވިޑް ބަލި ޖެހިގެން ނިޔާވީ މީހުންގެ އަދަދު ވަނީ 214އަށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 196 ދިވެހިންނާ 18 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ