ހެއިޓީގެ އަވަހާރަ ކޮށްލެވުނު ރައީސް އަނބި ކަބަލުންނާއެކު

އަވަހާރަ ކޮށްލެވުނު ހެއިޓީ ރައީސްގެ އަނބިކަބަލުން: ހުރިހާ ކަމެއް ހިގައި ދިޔައީ އެސްފިޔައެއް ޖަހާލާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ

އަވަހާރަ ކޮށްލެވުނު ހެއިޓީ ރައީސްގެ އަނބިކަބަލުން: ހުރިހާ ކަމެއް ހިގައި ދިޔައީ އެސްފިޔައެއް ޖަހާލާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ

މިމަހުގެ 7 ވަނަ ދުވަހު އަވަހާރަ ކޮށްލެވިފައިވާ، ހެއިޓީގެ ރައީސް ޖުވެނެލް މޮއިސްގެ އަނބިކަބަލުން، މި ހަމަލާގެ ޒަޚަމްތަކަށް ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުން ފެށްޓުމަށްފަހު، ފުރަތަމަ ފަހަރަށް މި ހަމަލާއާއި ބެހޭގޮތުން ވާހަކަ ދައްކައިފިއެވެ.

ހެއިޓީގެ ވެރިރަށް ޕޯރޓު-އައު-ޕްރިންސް ގައި ހުންނަ ރައީސް ޖޮވެލެން މޮއިސްގެ އަމިއްލަފުޅު ގޭގައި ދެމަފިރިން ތިއްބަވަނިކޮށް، ރޭގަޑު ދަންވަރުގެ ވަގުތުގައި، ގޭގެތެރެއަށް ވަދެ، ހަތިޔާރު ހިފައިގެން ތިބި ބަޔަކު، ހެއިޓީގެ ރައީސް އަވަހާރަ ކޮށްލާފައިވަނީ، އަނބި ކަބަލުން މާޓިން މޮއިސް ވިދާޅުވި ގޮތުގައި "އެސްފިޔައެއް ޖަހާލެވޭހާ" ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ.

އޭނާގެ އޮފިޝަލް ޓުވިޓަރ އެކައުންޓުގައި، ހޮނިހިރު ދުވަހު އާންމު ކުރި އޯޑިއޯ މެސެޖެއްގައި، މާރޓިން މޮއިސް ވަނީ މި ހަމަލާއިން، އޭނާ ވަރަށް ބޮޑަށް ޒަޚަވެ ފަރުވާ ހޯއްދަވަމުން ދާއިރު، "އުއްމީ ކަނޑާ ނުލުމަށް" އެދިވަޑައި ގެންފައެވެ.

"އަހަރެން ދިރި އެބަހުރިން، ހެއްދެވި ފަރާތަށް ޝުކުރު ކުރަން،" މި އޯޑިއޯގައި، ހެއިޓީ ބަހުން ވާހަކަ ދައްކަވަމުން މާރޓިން މޮއިސް ވިދާޅުވެފައި ވެއެވެ. ހެއިޓީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ކޮމިއުނިކޭޝަން މިނިސްޓަރ ވަނީ މިއީ އަވާހަރަ ކޮށްލެވުނު ރައީސްގެ އަނބިކަބަލުންގެ އަޑުކަން އޭއެފްޕީ އަށް ޔަގީން ކޮށްދެއްވާފައެވެ.

"އަހަރެން ދުނިޔޭގައި ހުއްޓަސް، އަހަރެންގެ ފިރިމީހާ އަހަރެންނަށް ގެއްލިއްޖެ،" އޭނާ ވިދާޅުވެފައި ވެއެވެ.

އުމުރުން 53 އަހަރުގެ ޖޮވެނެލް މޮއިސް އަވަހާރަ ކޮށްލާފައިވަނީ، ފާއިތުވެދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތުގައެވެ. ހެއިޓީގެ އޮތޯރިޓިން ބުނެފައިވަނީ، އޭނާ އަވަހާރަ ކޮށްލާފައިވަނީ، "ވަރަށް ރަގަޅަށް ތަމްރީން ދީފައިވާ ހަގުރާމަވެރިންގެ ބަޔަކު، ހަތިޔާރާއެކު ވަރަށް ރަގަޅަށް ރާވާއިގެން ދީފައިވާ ހަމަލާއެއްގައި،" ކަމަށެވެ.

ހެއިޓީގެ ރައީސް އަވަހާރަ ކޮށްލުމާ ވިދިގެން ހެއިޓީގެ ސަރުކާރުންވަނީ، 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އެގައުމުގައި އިއުލާން ކޮށްފައެވެ.

ހެއިޓީގެ އޮތޯރިޓީތަކުން ބުނެފައިވަނީ، އެގައުމުގެ ރައީސް އަވަހާރަ ކޮށްލާފައިވަނީ، ހަތިޔާރުއެޅި، ކޮމާންޑޯއިންގެ 28 ހަނގުރަމަވެރިއަކު ކަމަށެވެ. މީގެތެރޭގައި ކޮލަމްބިއާގެ 26 މީހަކާއި ހެއިޓީގެ އެމެރިކާ ދަރިކޮޅުގެ 2 މީހަކު ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.

މި މީހުން ހެއިޓީގެ ރައީސްއާއި އަނބިކަބަލުން ދިރިއުޅުއްވަމުން ގެންދެވި އަމިލަފުޅު ގެއަށް ވަދެގަތީ ދޮރުތައްވެސް ފަޅާލުމަށްފަހު، ޑްރަގް އޮޕަރޭޝަންގެ ހިންގާ އެމެރިކާގެ ސިއްރު ފުލުންގެ ނަމުގައި ކަމަށްވެސް ހެއިޓީގެ އޮތޯރިޓީން ބުނެފައި ވެއެވެ.

ހެއިޓީގެ ސަލާމަތީ ބާރުތަކުން ފަހުންވަނީ، މީގެތެރެއިން 17 މީހަކު ހައްޔަރު ކޮށްފައެވެ. އަދި ތިންމީހަކު މަރާލެވިފައިވާއިރު، މިހަމަލާ ރާވާ ހިންގި ގޮތެއް، އަދި މިހަމަލާގެ އަޑީގައި ތިބި މީހުންނާއި އެމީހުންގެ ވިސްނުމެއްވެސް އެއްވެސް ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

މިހަމަލާއަށްފަހު، ހެއިޓީގެ ރައީސްގެ އަނބިކަބަލުން ވަނީ، ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށް އެމެރިކާގެ މިއާމީއަށް ގެންދެވިފައެވެ.

"އެސްފިޔައެއް ޖަހާލެވޭ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހުންވަނީ އަހަރުމެންގެ ގޭތެރެއަށް ވަދެގަނެ، އަހަރެންގެ ފިރިމީހާގެ ހަށިގަޑު ވަޒަންތަކުން ފޫއަޅުވާލާފައި، އެއީ އޭނާއަށް ދުލުން ބަހެއްވެސް ބުނެލުމުގެ ފުރުސަތެއް ދިނުމަކާ ނުލާ،" ޓުވިޓަރ މެދުވެރުކޮށް އާންމު ކުރި އޯޑިއޯ މެސެޖެއްގައި މާރޓިން މޮއިސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އޭނާގެ ފިރިމިހާ މަރާލުމަށް ކުލީ ސިފައިން ބަޔަކު މީހުން ފޮނުވާފައިވަނީ، "އޭނާގެ ވެރިކަމުގައި ކުރިޔަށްދާ މަގު ހެދުމާއި، ފެން ފޯރުކޮށް ދިނުމުގެ މަސައްކަތްތަކާ، ކަރަންޓު ފޯރުކޮށް ދިނުމާއި، އަދި މި އަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު ވޯޓުވެސް ކުރިޔަށް ގެންދިޔަ ނުދިނުމަށްޓަކާ،" ކަމަށެވެ.

"ރަގަޅު ވާހަކައެއް، އަހަރެން މިއަދު މިދަނީ ރޮއި ހިތާމަ ކުރަމުން، އެހެންނަމަވެސް އަހަރެމެން އެއްވެސް މީހަކަށް އަހަރެމެންގެ ގައުމު އޮޔާ ދިޔަކަ ނުދެވޭނެ" މާޓިން ވިދާޅުވިއެވެ. "އޭނާގެ ގުރުބާނީގެ ލޭ، ބޭކާރު ވެގެން ދިޔަކަ ނުދެވޭނެ."

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *