މައްކާގެ ހަރަމް ފުޅުގައި މިއަހަރު ބޭއްވުނު ފިތުރި އިދު ނަމާދުގައި ގައި މުސްލިމުން ބައިވެރިވަނީ

އަޟުޙާ އީދު ދުވަހަކީ މިމަހުގެ 20 ވަނަ ދުވަސްކަމުގައި ސައުދީ ސަރުކާރުން އިއުލާން ކޮށްފި

އަޟުޙާ އީދު ދުވަހަކީ މިމަހުގެ 20 ވަނަ ދުވަސްކަމުގައި ސައުދީ ސަރުކާރުން އިއުލާން ކޮށްފި

ގުޅުންހުރި

މިއަހަރުގެ ބަރަކާތްތެރި އަޟުޙާ އީދު ދުވަހަކީ، މިމަހުގެ 20ވަނަ ދުވަސްކަމުގައި ސައުދީ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް، އެގައުމުގެ ސަރުކާރުގެ ރަސްމީ މީޑީއާ "ސައުދީ ޕްރެސް އޭޖެންސީ" (SPA) އިން ރިޕޯޓު ކޮށްފިއެވެ.

ހަނދު ބެލުމާ ހަވާލުވެފައިވާ ޑިޕާޓްމަންޓުން "ހައްޖުވެރިން އަރަފާތުގައި ތިބޭ ދުވަހަކީ، މިއަހަރު (ހިޖުރީގޮތުން 1442)ގެ ޒުލް ޙިއްޖާމަހުގެ 9 ވަނަ ދުވަސް ކަމަށްވާ ހޯމަ ދުވަސް ކަމަށް ވުމާއެކު، އަދި އެދުވަސް ދިމާވަނީ މި ޖުލައިމަހުގެ 19ވަނަ ދުވަހަށް ކަމަށްވާތީ، މިއަހަރުގެ ބަރަކާތްތެރި އަޟުހާ އީދު ދުވަހަކީ ޖެހިގެން އަންނަ އަންގާރަ ދުވަސް ކަމުގައި،" ހަމަ ޖައްސާފައި ވާކަމުގައި، SPA އިން ރިޕޯޓު ކޮށްފައި ވެއެވެ.

ސައުދީގެ ހަނދު ސާބިތުކުރާ ކޮމިޓީން ބުނެފައިވަނީ، ހުކުރު ދުވަހުގެ ހަވީރު ހަނދު ފެނިފައި ނުވާކަމަށާއި، އެހެކަމުން ޒުލް ހިއްޖާމަހުގެ 30 ދުވަސް ހަމަވެގެންދާނީ ހޮނިހިރު ދުވަހަށް ކަމަށެވެ.

މުސްލިމުން ފާހަގަ ކުރާ އަޟުހާ އީދުދުވަހުގައި، އިބްރާހިމްގެފާނު އެކަލޭނެ ފާނުގައި ދަރިކަލުން ﷲ އަށްޓަކާ ގުރުބާން ކުރެއްވުމުގެ މަތިވެރި ހާދިސާގެ މަތިން ހުރިހާ މުސްލިމުންވެސް ހަނދާން އާކުރެއެވެ. މިދުވަސް މުސްލިމުން ފާހަގަ ކުރަނީ ހައްޖުގެ ރަސްމީ ހުރިހާ ވާޖުބުތަކެއް ނިމޭދުވަހުގެ ޖެހިގެން އަންނަ ދުވަހުއެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ، މުޅި ދުނިޔޭގައިވެސް ފެތުރެމުންދާ ކޯވިޑްގެ ނުރައްކާތެރި ކަމާގުޅިގެން އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކާއެކު ބާއްވާ ދެވަނަ ހައްޖެވެ.

މިގޮތުން މިއަހަރުގެ ޖޫންމަހު، ސައުދީ ސަރުކާރުން ނިންމާފައިވަނީ މިއަހަރު ހައްޖުކުރުމުގެ ފުރުސަތު ދޭނީ އެންމެ 60،000 މީހުންނަށް ކަމަށެވެ. އަދި އެއީވެސް ސައުދީގައި ދިރިއުޅެމުންދާ މީހުންނަށް އެކަންޏެވެ.

ފާއިތުވެދިޔަ އަހަރު ހައްޖުވުމުގެ ފުރުސަތު ސައުދީ ސަރުކާރުން ދީފައިވަނީ އެންމެ 1،000 މީހުންނަށެވެ.

ސައުދީ އަރަބިއާއިން މިއަހަރު ހައްޖަށް ދިއުމަށް ބޭނުންވާ، އަގައުމުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި، ރަޖިސްޓްރީ ކޮށްފައިވަނީ، 558,270 މީހުން ކަމުގައި، އެގައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ ފަރާތުން ކުރިން ހާމަ ކޮށްފައި ވެއެވެ.

ސައުދީން ހާމަ ކޮށްފައިވާ ގޮތުގައި، މިފަހަރު ހައްޖުކުރުމުގެ ފުރުސަތު ދޭ ފަރާތްތައް ކަށަވަރު ވެގެން ދިޔައިރު، އެގައުމުގައި ދިރިއުޅޭ ގައުމުން ބޭރުގެ ފަރާތްތަކުގެ ތެރެއިން، 150 ގައުމަކަށް ނިސްބަތްވާ ފަރާތަކަށް ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ