ސަންޖޭޭގެ ފިލްމަށް ސޮނާކްޝީ!

ސަންޖޭޭގެ ފިލްމަށް ސޮނާކްޝީ!

Author
ފާތިމަތު ނާވީ
10 ޖުލައި 2021 06:57
0

އިންޑިއާގައި ޒަމާނުންސުރެ ފުޅާވެފައިވާ ހަށި ވިއްކުމުގެ ވިޔަފާރީގެ މައްޗަށް ބިނާކޮށް ސަންޖޭ ލީލާ ބަންސާލީ އުފައްދާ މާސްޓާޕީސް "ހީރާ މަންޑީ"ގެ ތަރިން ފައިނަލް ކޮށްފި އެވެ.

މި ފިލްމުގައި ހަށި ވިއްކުމުގެ ވިޔަފާރީގައި އުޅޭ އަންހެނުންގެ ގޮތުގައި ފެނިގެންދާނެ ދެ ތަރިންނަކީ ހުމާ ގުރައިޝީ އާއި ސޮނާކްޝީ ސިންހާ އެވެ.

މީގެ ކުރިންވެސް "ރައުޑީ ރާތޯޅް"ގައި ޕްރޮޑިއުސަރ ސަންޖޭ ލީލާ ބަންސާލީ އާއެކު މަސައްކަތް ކޮށްފައިވާ ސޮނާކްޝީ "ހިރާ މަންޑީ" އިން ފެނިގެން ދާނެ ކަމަށް ރިޕޯޓްތަށް ބުނަމުންދާއިރު ސަންޖޭ އަކީ ސޮނާކްޝީގެ ބައްޕަ ޝަތުރުގަން ސިންހާ ވަރަށް ބަލައިގަންނަ ޕްރޮޑިއުސަރެއް އަދި ޑައިރެކްޓަރެކެވެ. އަދި ސަންޖޭގެ ފިލްމުތަކުން ސޮނާކްޝީ ފެނުމަކީ ޝަތުރުގަން ސިންހާ އަބަދުވެސް ވަރަށް އެދޭކަމެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

މި ފިލްމުގެ މުޖުރާ ލަވަތަކަށް ކަތަކް ނެށުން ދަސްކުރުމުގެ ކުލާސްތަކެއްގައި ސޮނާކްޝީ ބައިވެރި ވެފައިވާއިރު ޕްރޮޑިއުސަރު މަސައްކަތް ކުރަމުންދަނީ ފިލްމުގެ ނެށުންތަކާއި މިއުޒިކާއި ލަވަތައް ވަރަށް ތަފާތު ގޮތަކަށް ގެނެސް ދިނުމަށެވެ.

ފިލްމުގެ ނަން ނިސްބަތްވާ ހީރާ މަންޑީ އަކީ ޕާކިސްތާންގެ ލާހޯރްގައި ފުޅާދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ހިންގާ ސަރަހައްދެކެވެ. ފިލްމު މައިގަނޑުގޮތެއްގައި ބިނާ ވާނީ އެސަރަހައްދުގައި އެ ވިޔަފާރި ހިންގާ އަންހެނުންގެ ދިރިއުޅުމުގެ މައްޗަށެެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

ސޮނާކްޝީ އެހެން މަސައްކަތްތަކަށް ބަލާލާއިރު، އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ފިލްމް "ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިން ނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.