ވިކީ ކޯޝަލްގެ "ނިއު ބަޑީ" އަކީ މިއީ!

ވިކީ ކޯޝަލްގެ "ނިއު ބަޑީ" އަކީ މިއީ!

Author
ފާތިމަތު ނާވީ
08 ޖުލައި 2021 07:30
0

ވިކީ ކޯޝަލް، އޭނާ އަލަށް ގަތް ކާރައި އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށް އައު ކާރު ވަނީ ސަޕޯޓަރުންނަށް ދައްކާލާފަ އެވެ.

އުފަލުން ފޮޅިފައިވާ ވިކީ ވަނީ އޭނާގެ އާ ކާރު ގަދަ ނޫ ކުލައިގެ ރޭންޖް ރޯވާގެ ފޮޓޯ ޕޯސްޓު ކުރުމަށް ފަހު، އެއީ އާއިލާއާ އަލަށް ގުޅުނު މެމްބަރެއްކަން ހާމަކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

ބޮކްސް އޮފީހުގައި ކާމިޔާބު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް" އަށް ފަހު ވިކީގެ ފިލްމީ ކެރިއަރ ދަނީ މެދު އުޑުގައި ފިޔަޖަހަމުންނެވެ.  ވިކީގެ ގިނަ ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ. މި ދުވަސްކޮޅު ވެސް އޭނާ އުޅެނީ ވަރަށް ބިޒީކޮށް ތަފާތު ޕޮރޮޖެކްޓް ތަކުގައިއެވެ. އަދި ގިނަ ޝޫޓިންގ ތަކެއްވެސް ކުރިއަށް އެބަގެންދެއެވެ.

ވިކީ މިހާރު ތައްޔާރުވަމުންދަނީ ފިލްމް "ދަ އިމޯޓަލް އަޝްވައްތަމާ" އަށެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޔޫރީގެ ވެސް ޑައިރެކްޓަރ އަދިތިޔާ ދަރް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.