އެމެރިކާއަށް ހަމާލާ ދިނުމަށް ހިތްވަރު ދެމުންދާ، އަލްގައިދާގެ އިސް ލީޑަރަކު ހައްޔަރު ކޮށްދިން ފަރާތަކަށް ނުވަތަ، ހައްޔަރު ކުރުމަށް އެހީތެރިވެދިން ފަރާތަކަށް 4 މިލިއަން ޑޮލަރުގެ ދިނުމަށް އެމެރިކާއިން ހުށަހަޅައިފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު އާންމު ކޮށްފައިވާ ގޮތުގައި، އިބްރާހިމް އަހުމަދު މަހުމޫދު އަލް ޤޫސީ ހުރިތަނެއްގެ މައުލޫމާތެއް، ނުވަތަ އޭނާއާއި ބެހޭ އެއްވެސް މައުލުމާތެއް ފޯރުކޮށްދިން ކޮންމެ މީހަކަށްވެސް އެގައުމުން މި ފައިސާގެ އިނާމް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަލް-ޤޫސީއަކީ، އަލައިގައިދާއިން އަރަބިއަން ޕެނިންސޫލާ (AQAP)ގެ މިހާރު "އަމީރު" އަށް އެހީތެރިވެދޭ ލީޑަރޝިޕް ޓީމުގައި ހިމެނޭ ފަރާތެކެވެ.
"2015ވަނަ އަހަރުން ފެށިގެން އޭނާއަކީ (AQAP)ގެ ހަގުރާމަ ވެރިން ތަމްރީނު ކުރުމުގައި ހަރަކާތްތެރި ވަމުން އައި މީހެއް، އަދި އޮންލައިން ޕްރޮޕަގެންޑާގެ ޒަރީއާއިން އޭނާ ގެންދަނީ އެމެރިކާއަށް ހަމަލާ ދިނުމަށް ހިތްވަރު ދެމުން. އޭނާ (AQAP)އާއި ގުޅިފައިވަނީ 2014 ވަނަ އަހަރު، އެހެންނަަމަވެސް އޭނާއަކީ އެތައް ޒަމާނެއް ވަންދެން އަލްގައިދާގައި އަމަލީގޮތުން މަސައްކަތް ކޮށްފައިވާ މީހެއް، އަދި ސީދާގޮތުން އެތައް އަހަރެއްވަންދެން އުސާމާ ބިންލާދިންއާއެކު މަސައްކަތް ކޮށްފައިވާ މީހެއްވެސްމެ،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރެފައިވާ ސްޓޭޓްމަންޓުގައި ބުނެފައި ވެއެވެ.
Reward! Up to $10 Million for Information
IBRAHIM AL-QOSI
If you have information on this AQAP terrorist , text us. You could be eligible for a reward.https://t.co/DZlEqP9CZc pic.twitter.com/nhZsJp0OZH
— Rewards for Justice (@RFJ_USA) July 1, 2021
މި ސްޓޭޓްމަންޓުގައި ބުނެފައިވާ ގޮތުން 2001 ވަނައަަހަރު އަލްޤޫސީވަނީ ޕަކިސްތާނުން ހައްޔަރުކުރެވި ގުއަންޓަނަމޯބޭ އަށް ގެންދެވިފައެވެ.
އަދި 2010ވަނަ އަހަރު އޭނާވަނީ، އަސްކަރީ ކޮމިޝަނެއްގައި، އަލްގައިދާގައި މަސައްކަތް ކުރިކަމަށް އެއްބަސްވެ، އަދި ޓެރަރިޒަމަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދުން ކަމަށް އެއްބަސްވެސް ވެފައެވެ.
އެހެންނަމަވެސް، އޭނާވަނީ، ޝަރީއަތުގެ ކުރިން ވެވުނު އެއްބަސްވުމެއްގެ ދަށުން 2012 ވަނަ އަހަރު ދޫކުރެވި ސޫދާނަށް އެބުރި ގޮސްފައެވެ.
އެމެރިކާއިން އާންމު ގޮތެއްގައި އެގައުމުން ޓެރަރިސްޓުން ކަމުގައި ދެކޭމީންގެ މައުލޫމާތު ދޭފަރާތްތަކަށް ދޭ ފައިސާގެ އަދަދުތައް ގެންގުޅެނީ 3 މިލިއަނާއި 10 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގައެވެ.