އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން މިއަދު ވަނީ ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އަޕްޑޭޓެއް ދީފައެވެ. އެމްޓީސީސިން ބުނެފައިވަނީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް ފަށިފައިވާއިރު މިހާރު ކުރިއަށްދަނީ ދޯނި އެހެލާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކަމުގައެވެ.
އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް ފެށިއްޖެ. އަދި މިހާރު ކުރިއަށްދަނީ ދޯނި އެހެލާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް. މި މަޝްރޫޢަކީ 32.2 މިލއަން ރުފިޔާގެ މަޝްރޫޢެއް. #MTCCProjects pic.twitter.com/7joUDtqMHP
— MTCC Plc (@MTCCPlc) July 3, 2021
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 204 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 266 މީޓަރ އެއްގަމުތޮށި ހެދުމާއި، 160 މީޓަރ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 1330 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި 6363.1 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 404 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، 12 މޫރިން ބްލޮކްސް ޖެހުމާއި، 2 ނެރުބައްތި ޖެހުމުގެ އިތުރުން 14 ބަނދަރު ބައްތި ޖެހުން މިމަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
އދ. ހަންޏާމީދޫ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން 32.2 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަސައްކަތަކީ 300 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ