ރާއްޖެއިން އިތުރު 133 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 133 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 133 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 133 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 43 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 72 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 13 މީހުންނާއި ތަރައްޤީކުރަމުން އަންނަ ރަށްރަށުން ޕޮޒިޓިވްވި 05 މީހުންނެވެ.

އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 73،931 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތަކުގެ ޢަދަދު މިއަދު ހުރީ 3،381 ގައި އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 24 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 351 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 70،325 އަށް އިތުރުވެފަ އެވެ.

ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،221 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.

ރެއާއި މިއަދު މިބަލީގައި ރާއްޖޭގައި ނިޔާވި މީހުނާއެކު މިހާތަނަށް ރާއްޖޭގައި މިބަލި ޖެހިގެން ނިޔާވީ މީހުންގެ އަދަދު ވަނީ 213އަށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 195 ދިވެހިންނާ 18 ބިދޭސީންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *