ސީރިއާގައި ހަރަކާތްތެރިވާ ޚަތައިބް ހިޒުބުﷲއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާއިންވަނީ 2009 ވަނަ އަހަރު ކަނޑައަޅާފައި

ސީރިޔާއާއި އިރާގުގައި ހަރަކާތްތެރިވާ، އިރާނުން އެހީތެރިވެދޭ ހަގުރާމަވެރިންނާ ދެކޮޅަށް އެމެރިކާއިން ވައިގެ ހަމަލާ ދީފި

ސީރިޔާއާއި އިރާގުގައި ހަރަކާތްތެރިވާ، އިރާނުން އެހީތެރިވެދޭ ހަގުރާމަވެރިންނާ ދެކޮޅަށް އެމެރިކާއިން ވައިގެ ހަމަލާ ދީފި

ގުޅުންހުރި

ސީރިއާއާއި އިރާގުގައި ހަރަކާތްތެރިވާ، އިރާނުން އެހީތެރިކަން ފޯރުކޮށްދޭ ހަގުރާމަވެރި ޖަމާއަތްތަކަށް އެމެރިކާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑްން ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވިފަހުން ދިން ދެވަނަ މިފަދަ ހަމަލާއަކީ، އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދީފައިވާ ޑްރޯން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާތަކެކެވެ.

ހަގުރާމަވެރި ޖަމާއަތްތަކުންވަނީ، މިހަމަލާތަކުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައެވެ.

އާދީއްތަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަގުރާމަވެރިން ހަރަކާތްތެރިވާ އަދި ހަތިޔާރު ރައްކާ ކޮށްފައިހުރި، ސީރިއާގެ ދެ އަމާޒަކަށާއި އިރާގުގެ އެއް އަމާޒަކަށް ވައިގެ ހަމަލާ ދީފައިވާ ކަމަށެވެ.

މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު އެމެރިކާގެ އަސްކަރިއްޔާގެ މިބަޔާނުގައި އާންމުކޮށްފައި ނުވިނަމަވެސް، އިގިރޭސިވިލާތުގައި ހަރަކާތްތެރިވާ ސީރިއަން އޮބްޒަވޭޓަރީ ފޯރ ހިއުމަން ރައިޓްސް އިން ބުނެފައިވަނީ، މި ހަމަލާތަކުގައި 5 ހަގުރާމަވެރިއަކު މަރުވެ، އިތުރު އެތައްބަޔަކަށް އަނިޔާ ވެފައިވާ ކަމަށެވެ.

ސީރިއާގެ ގައުމީ ޓީވީ ސަނާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި އެއް ކުޑަކުއްޖަކު މަރުވެ، އިތުރު 3 މީހަކަށް ވަނީ އަނިޔާވެފައެވެ.

މި ހަމަލާތަކަކީ، އެމެރިކާގެ ރައީސް ޖޯ ބައިޑް އެމެރިކާގެ ރައީސްކަމާ ހަވާލު ވެވަަޑައިގަތުމަސްފަހު، އޭނާގެ އޯޑަރަށް، ބަދަލު ހިފުމުގެ ގޮތުން، ސީރިއާގެ ހަގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާ ދީފައިވާ ދެވަނަ ފަހަރެވެ.

ބައިޑްން އެންމެ ފަހުން ސީރިއާއަށް ހަމަލާ ދިނުމަށް އޯޑަރު ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އެފަހަރު ހަމަލާ ދީފައިވަނީ، އިރާގުގައި ތިބި އެމެރިކާ ސިފައިންނާ ދެކޮޅަށް އަމާޒުކޮށްފައިވާ ރޮކެޓް ހަމަލާތަކެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އިރާގުގައި ހަރަކާތްތެރިވާ ހަގުރާމަވެރި ޖަމާއަތެއްގެ ދެ ހަގުރާމަވެރިއަކު، އެސޯޝިއޭޓް ޕްރެސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހަމަލާތަކުގައި، ސީރިއާ ބޯރޑަރު ކައިރީގައި ހަރަކާތަތެރިވާ ހަގުރާމަވެރިންގެ 4 މީހަކު ވަނީ މަރުވެފައެވެ.

މިއަހަރު ފެށުނުފަހުން މިހާތަނަށް އައިއިރު، އިރާގުގައި ތިބޭ އެމެރިކާ ސިފައިންނާ ދެކޮޅަށް 40 ހަމަލާއެއް ވަނީ ދީފައެވެ. އިރާގުގައި ހަރަލާތްތެރިވާ އައިސިސްގެ ހަގުރާމަވެރިންނާ ދެކޮޅަށް އެކުލަވާލާފައިވާ ބައިނަލް އަގުވާމީ ލަޝްކަރުގައި ހިމެނޭ 2،500 އެމެރިކާ ސިފައިން މިހާރުވެސް އިރާގުގައި ހަރަކާތްތެރިވަމުން އާދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ