ރާއްޖެއިން ކޯވިޑް-19އަށް އިތުރު 266 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 266 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 41 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 105 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 8 މީހުންނާއި ތަރައްޤީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 112 މީހުންނެވެ.
އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 72،944 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތަކުގެ ޢަދަދު އަނެއްކާވެސް ވަނީ 4295 އަށް މައްޗަށް ޖެހިލާފަ އެވެ. އިއްޔެ އެކްޓިވް ކޭސް ހުރީ 4262ގައި އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 31 މީހަކަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 232 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 68،429 އަށް އިތުރުވެފަ އެވެ.
މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،264 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.
ރާއްޖޭގައި ކޯވިޑް ބަލީގަ މިހާތަނަށް ނިޔާވި މީހުންގެ އަދަދަކީ 208 އެވެ. މީގެތެރޭގައި ހިމެނެނީ 190 ދިވެހިންނާ 18 ބިދޭސީންނެވެ.