ކޯވިޑް-19ގައި ފަރުވާދެމުންދިޔަ 34 އަހރުގެ ދިވެހި ޒުވާނަކު ނިޔާވެއްޖެ އެވެ.
ޚަބަރު އޮނަލައިނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ނިޔާވިއިރު އެ ޒުވާނައަށް ފަރުވާދެމުންދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެވެ.
މިއީ މި ބަލީގައި ރާއްޖޭގައި މީހަކު ނިޔާނުވާތާ 48 ގަޑީރު ފަހުން ނިޔާވި ފުރަތަމަ މީހާ އެވެ.
މިއާއެކު ރާއްޖޭގައި ކޯވިޑް ބަލިޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 208 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 190 ދިވެހިންނާ 18 ބިދޭސީންނެވެ.
ކޯވިޑް-19ގައި ރާއްޖޭގެ ޙާލަތު އެންމެ ގޯސްވީ މިދިޔަ މެއި މަހުއެވެ. މި ބަލީގައި ރާއްޖެއިން އެންމެ ގިނައިން މީހުން ނިޔާވެފައިވަނީ ވެސް އެ މަހު އެވެ. އެވެ. މިބަލީގައި މެއި މަހު 80 އަށްވުރެ ގިނަ މީހުން ވަނީ ނިޔާވެފަ އެވެ.