ކާފިއުއަށް ކުޑަ ލުޔެއް، ޖިމްތަކަށް ހުއްދަ ދީފި

ކާފިއުއަށް ކުޑަ ލުޔެއް، ޖިމްތަކަށް ހުއްދަ ދީފި

ރާއްޖޭގައި ކޯވިޑު ބަލީ ފެތުރޭ މިންވަރު އިތުރުވުމާގުޅިގެން ބަލި ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދަށް އެޅި ފިޔަވަޅުތަކަށް ލުޔެއްދީ، ކާފިއުގެ ވަގުތު ހަވީރު ހަޔަކުން ފަތިހު ހަތަރަކަށް ކުރުކޮށްފި އެވެ.

މިހާރު މާލޭ ސަރަހައްދުގައި ކާފިއު ހިންގަނީ ހަވީރު 4:00 ން ފެށިގެން ފަތިހު 4:00 އާ ހަމައަށެވެ.

އެޗްއީއޯސީގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ކޮވިޑުގެ ނަންބަރުތައް މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ގަޑި އިރުއޮއްސި 6:00 އިން ފެށިގެން ފަތިހު 4:00 އަށް ކުރުކުރަން ނިންމާފައި ވާކަމަށެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅު އަޅާފައިވަނީ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ އަދަދުތައް 20،000 އިން މައްޗަށް އެރުމުންނެވެ. ނަމަވެސް މިހާރު މުޅި ރާއްޖޭގައި މިބައްޔަށް ފަރުވާހޯދަމުންދާ މީހުންގެ އަދަދު ވަނީ 5000 އަށްވުރެ ދަށްވެފަ އެވެ.

އަދަދުތައް ދަށްވާން ފެށުމާއެކު ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެގޮތުން އޭރުވެސް ކާފިއު ވަގުތުން 4 ގަޑީރު ކަނޑާލައި، އެކަނި ކަސްރަތު ކުރަން ހުއްދަ ވަނީ ދީފަ އެވެ. އެގޮތުން، ފަތިހު 4:00 ން ފެށިގެން ހެނދުނު 8:00 އާ ހަމައަށް އެކަނި ކަސްރަތު ކުރުމަށް ހުއްދައަކާ ނުލާ ނުކުމެވޭ ގޮތަށް އޭރުގެނައި ބަދަލު މިހާރުވެސް ވަނީ ދަމަހައްޓާފަ އެވެ.

މީގެ އެިތުރަށް މާދަމާއިން ފެށިގެން ދިނުމަށް ދެން ނިންމި ލުއިތަކަކީ ޖިމްތައް ހުޅުވަން ހުއްދަ ދޭން ނިންމުމެވެ. ނަމަވެސް ޖިމްތަކަށްވެސް ހުއްދަ ދިނުމަށް ނިންމާފައި ވަނީ ސެލޫންތަކެކޭ އެއް ފަދައިން އެޗްޕީއޭގެ ފިޔަވަޅުތަކަށް ތަބާވެވޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމުން ކަމަށް މަބްރޫކު ވިދާޅުވި އެވެ. ޖިމްތައް ހުޅުވޭނީ ފަތިހު 5:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި ލުއިތަކާއެކުވެސް ކާފިއު ނޫން ވަގުތުތަކުގައި އަދިވެސް ބޭރަށް ނުކުމެވޭނީ ފުލުހުންގެ ހުއްދަ އޮންނަ ފަރާތްތަކަށް އެކަންޏެވެ.

މީގެ އިތުރުން އަތޮޅު ތެރޭގައި މޮނިޓަރިންގައި ނެތް ރަށްރަށަށް އިތުރު ހުއްދައެއް ނުނަގައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހުޅުވާލަން ވެސް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *