ރާއްޖެއިން ކޯވިޑް-19އަށް އިތުރު 145 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 145 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 61 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 77 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 07 މީހެކެވެ.
އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 72،294މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ވަނީ 4569 އަށް ދަށްވެފަ އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 39 މީހަކަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 358 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 67،507 އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،548 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.
ރާއްޖޭގައި ކޯވިޑް ބަލީގަ މިހާތަނަށް ނިޔާވި މީހުންގެ އަދަދަކީ 207 އެވެ. މީގެތެރޭގައި ހިމެނެނީ 189 ދިވެހިންނާ 18 ބިދޭސީންނެވެ.