ކޯވިޑް-19ގައި ރާއްޖެއިން މީހަކު ނިޔާނުވެ، 48 ގަޑީރު ފަހުން މިބަލީގައި އިތުރު މީހަކު ނިޔާވެއްޖެ އެވެ.
މިރޭ ނިޔާވެފައި ވަނީ 79 އަހަރުގެ ދިވެހި އަންހެނެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވިއިރު އެމީހާއަށް ފަރުވާދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ.
މި ބަލީގައި ރާއްޖޭގައި އެންމެފަހުން ނިޔާވެފައި ވަނީ ހޮނިހިރު ދުވަހުގެރޭ 8:49 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެހި ފިރިހެނެކެވެ.
މިއާއެކު ރާއްޖޭގައި ކޯވިޑް ބަލިޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 207 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 189 ދިވެހިންނާ 18 ބިދޭސީންނެވެ.
ކޯވިޑް-19ގައި ރާއްޖޭގެ ޙާލަތު އެންމެ ގޯސްވީ މިދިޔަ މެއި މަހުއެވެ. މި ބަލީގައި ރާއްޖެއިން އެންމެ ގިނައިން މީހުން ނިޔާވެފައިވަނީ ވެސް އެ މަހު އެވެ. އެވެ. މިބަލީގައި މެއި މަހު 80 އަށްވުރެ ގިނަ މީހުން ވަނީ ނިޔާވެފަ އެވެ.