ކަންނެލި ދޯންނަކުން ދިޔަ ބަޔަކު ޕޮޒިޓިވްވެ މަތިވެރި މޮނިޓަރިން އަށް!

ކަންނެލި ދޯންނަކުން ދިޔަ ބަޔަކު ޕޮޒިޓިވްވެ މަތިވެރި މޮނިޓަރިން އަށް!

Author
ޢަލީ އާދަމް
21 ޖޫން 2021 11:24
0

ކަންނެލި ދޯންނަކުން އއ. މަތިވެރިއަށް ދިޔަ ބަޔަކު ޕޮޒިޓިވްވުމުގެ ސަބަބުން އެރަށް މޮނިޓަރިންނަށް ލައިިފި އެވެ.

މަތިވެރި މިވަގުތު މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓް ޓްރޭސިން ނިމެންދެނެވެ. މި ދޯނިން އެރަށަށްދިޔަ 3 މީހަކު މިހާތަނަށް ކޯވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އިތުރު ބައެއްގެ ނަތީޖާ އަދި މިހާތަނަށް ނުލިބި ވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މަތިވެރި އަކީ މީގެކުރިން އޭޕްރީލްމަހު ހަލުއިކަމާއެކު ކޯވިޑް ފެތުރި ގިނަބަޔަކު ޕޮޒިޓިވްވީ ރަށެކެވެ. އެގޮތުން އޭޕްރީލާއި މޭމަސްތެރޭ ޕޮޒިޓިވް ވީމީހުނާއެކު އެރަށުން ޖުމްލަ 300 އެއްހާ މީހުން އެފަހަރު ޕޮޒިޓިވްވިއެވެ. އެފަހަރުވެސް ރަށް ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔައީ މަސްވެއިންތަކެއް ޕޮޒިޓިވެ އެމީހުންގެ ފަރާތުން ރަށަށް ބަލި ފެތުރިގެންނެވެ.

އާބާދީގައި 900 އެއްހާ މީހުން ދިރިއުޅޭ މަތިވެރީގައި އޭޕްރީލް މަހު ކޯވިޑް ފެތުރުނުއިރު އެއްދުވަހުން 60 މީހުނަށްވުރެ ގިނަ މީހުންވެސް ޕޮޒިޓިވް ވެފައި ވެއެވެ. ރާއްޖޭގައި ކޯވިޑް 19ގެ ހާލަތު އެންމެ ގޯސްވި މިދިޔަ މޭމަހު އެރަށަށް ބަލީގެ މާބޮޑު އަސަރެއް ކޮށްފައި ނުވާކަންވެސް ފާހަގަވެއެވެ.

މަތިވެރިއަކީ ގިނަ އަދައެއްގެ ގެސްޓް ހައުސްތައްވެސް ހުންނަ ރަށެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.