ކޯވިޑް-19ގައި މިއަދު 3 ވަނަ މީހަކު ނިޔާވެއްޖެ

ކޯވިޑް-19ގައި މިއަދު 3 ވަނަ މީހަކު ނިޔާވެއްޖެ

Author
ޢަލީ އާދަމް
19 ޖޫން 2021 10:30
0

ކޯވިޑް-19 އަށް ރާއްޖޭގައި ފަރުވާދެމުންދިޔަ 3 ވަނަ މީހަކު މިއަދު ނިޔާވެއްޖެ އެވެ.

މިރޭ ނިޔާވެފައި ވަނީ 75 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗްޕީއޭއިން ބުނީ މިމީހާ ނިޔާވީ މިރޭ 8:49 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށެވެ.

މި ބަލީގައި ރާއްޖޭގައި މިއަދު ދެން ނިޔާވީ ރޭ ދަންވަރު ނިޔާވި އިންޑިއާ ފިރިހެނަކާއި ރޭ ފަތިހު ނިޔާވި ދިވެހި ފިރިހެނެކެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ބަލީގަ ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 206 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 188 ދިވެހިންނާ 18 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.