މިއަދު އަނެއްކާ ޕޮޒިޓިވް އަދަދު 200 އިން މައްޗަށް، ގިނައީ އަތޮޅުތެރެއިން

މިއަދު އަނެއްކާ ޕޮޒިޓިވް އަދަދު 200 އިން މައްޗަށް، ގިނައީ އަތޮޅުތެރެއިން

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 211 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 211 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 54 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 132 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 25 މީހުންނެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޖުމްލަ 71،709މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރުވަނީ 5،403 އަށް ދަށްވެފައެވެ. މިދިޔަ މަހުގެ މެދުތެރޭގައި އެކްޓިވް ކޭސްތަކުގެ ޢަދަދު އުޅުނީ 24،000އިން މަތީގައެވެ. ނަމަވެސް ޖޫން މަހު މި ޢަދަދު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 46 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 912 މީހުން ވަނީ ބަލިން ރަނގަޅުވެފައިވެއެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 66،090 އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،415 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.

ރާއްޖޭގައި ކޯވިޑް ބަލީގަ ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 205 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 187 ދިވެހިންނާ 18 ބިދޭސީންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *