ރޮޑްރިގޭޒްގެ ދެ ލަނޑުން އެވަޓަން އެއްވަނައަށް

ރޮޑްރިގޭޒްގެ ދެ ލަނޑުން އެވަޓަން އެއްވަނައަށް

Author
ހުސައިން
04 އޮކްޓޯބަރ 2020 09:58
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޮޑްރިގޭޒް ކާމިޔާބު ކުރި ދެލަނޑާ އެކު އެވަޓަން ކުޅުނު ހަތަރުވަނަ މެޗުވެސް ކާމިޔާބުކޮށް ލީގުގެ އެއްވަނަ މަގާމަށް ކުރިޔަށް ޖެހިލައިފިއެވެ.

އެވަޓަން މެޗު ކާމިޔާބުކުރީ ބްރައިޓަންއާ ވާދަކޮށް 4-2 ލަނޑުންނެވެ. އެވަޓަންގެ ގުޑިސަންޕާކްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮއްދިނީ އެންމެ ފަހުން އެކުލަވާލި އިނގެރޭސި ގައުމީޓީމުން ޖާގަ ހޯދި ޑޮމިނިކް ކުލެވާޓް ލެވިންއެވެ. މިއީ މި ސީޒަންގައި އޭނާ ކާމިޔާބުކުރި 9 ވަނަ ލަނޑެވެ. މިއީ ފުރަތަމަ ހަތަރު މެޗުގައި އެވަޓެންގެ ކުޅުންތެރިޔަކު ލަނޑުޖެހި ފުރަތަމަ ފަހަރުއެވެ. ރޭގައި މެޗު އެވަޓަންގެ ރޮޑްރިގޭޒް ވަނީ އެޓީމަށް ދެލަނޑު ކާމިޔާބުކޮއްދީ ޔެރީ މިނާ ލަނޑުޖަހަން ފުރުސަތު ތަނަވަސްކޮއްދީފައެވެ.

ބޯވާރޭގައި ކުޅުނު މެޗުގައި ފުރަތަމަ ހާފްގައި ވަނީ އެވަޓަންގެ ފޯވާޑް ރިކާލްސަން އަށް އަނިޔާވެގެން ބަދަލުކޮއްފައެވެ. ރޭގައި ހޯދި މޮޅާއެކު އެވަޓަންވަނީ ފުރަތަމަ ހަތަރު މެޗު ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.