މިސަރުކާރުން ކުރި އެންމެބޮޑު އިންވެސްޓްމަންޓަކީ ކަޅުވަރު މިސްކިތް މާލެ ގެނެސްރޭވުން: މުސްތަފާ

މިސަރުކާރުން ކުރި އެންމެބޮޑު އިންވެސްޓްމަންޓަކީ ކަޅުވަރު މިސްކިތް މާލެ ގެނެސްރޭވުން: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
19 ޖޫން 2021 08:59
0

މިސަރުކާރުން ކުރި އެންމެބޮޑު އިންވެސްޓްމަންޓަކީ ކަޅުވަރު މިސްކިތް މާލެ ގެނެސްރޭވުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެއަހަރާއި ބައި ވެގެން ގޮސްފައިވާއިރު ތަރައްޤީގެ މަސައްކަތްތަކެއް ނުކުރެވޭކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އަދި ވެފައިވާ ވައުދުތައް ތަންފީޒުނުވެ، އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރަށް ނުކުރެވޭކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން މުސްތަފާ ވިދާޅުވީ މިހާތަނަށް މިސަރުކާރަށް ހިންގުނު އެންމެ ބޮޑު އިންވެސްޓްމަންޓަކީ ކަޅުވަކަރު މިސްކިތް މާލެ ގެނެސް ކުރީގެ ދިރާގު ހުރި ބިމުގައި މިސްކިތް ރޭވުންކަމަށެވެ.

މިސަރުކާރުން ކުރި އެންމެ ބޮޑު އިންވެސްޓްމަންޓަކީ ކަޅުވަކަރު މިސްކިތް މާލެއަށް ބަދަލުކޮށް ދިރާގުހުރި ބިމުގައި ރޭވުން.

– މުސްތަފާ ވިދާޅުވިއެވެ.

ކަޅުވަކަރު މިސްކިތް އަލުން ހުޅުވާފައިވަނީ މިސްކިތް ބިނާކުރުމަށް ބޭނުންކޮށްފައިވާ ހިރިގަލާއި ވަކަރަށް ޓްރީޓްމަންޓު ދިނުމަށްފަހުގައެވެ. މިސްކިތް ބިނާކުރުމަށް ގާތްގަނޑަކަށް 550 ހިރިގާ ބްލޮކް ވަނީ ބޭނުންކޮށްފައެވެ. 2016ވަނަ އަހަރު ކުރީގެ ސަރުކާރުން މިސްކިތް ރޫޅާލާފައިވަނީ އެހެންތަނަކަށް މިސްކިތް ބަދަލުކުރުމަށެވެ. އޭގެފަހުން މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. މިސްކިތް އަލުން ބޭނުންކުރަނީ އާސާރީ ބިނާއެއްގެ ގޮތުގައި ނަމަވެސް މިސްކިތުގައި ނަމާދުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

2016ވަނަ އަހަރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުންވަނީ މިމިސްކިތް ރޫޅާލާއި އެހެންތަނަކަށް މިސްކިތް ބަދަލުކުރުމަށް މަސައްކަތް ފަށާފައެވެ. އެހާތަނަށް ކަޅުވަކަރު މިސްކިތް ސަލްޓަމްޕާކުގެ އިރުދެކުނު ކަންމަތީގައި ފަހުންވަނީ ވިންޓަރ ތީމް ޕާކެއް ހަދާފައެވެ. ކަޅުވަކަރު މިސްކިތް ހުޅުމާލެއަށް ނުވަތަ ގދ.ތިނަދޫއަށް ބަދަލުކުރުމަށްވެސް އޭރުގެ ސަރުކާރުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިސްކިތް ރޫޅާލައި އެހެންތަނަކަށް ބަދަލުކުރުމާދެކޮޅަށް ގިނަ ބަޔަކުވަނީ އަޑުއުފުލައި ކަންބޮޑުވުންފާޅުކޮށްފައެވެ. ކަޅުވަކަރު މިސްކިތް އަނބުރާ ސަލްޓަންޕާކު ސަރަޙައްދުގައި ބެހެއްޓުމަކީ މިސަރުކާރުގެ ވަޢުދެކެވެ. މިއާއެކު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ.

މިސްކިތް އަލުން ބޭނުންކުރަނީ އާސާރީ ބިނާއެއްގެ ގޮތުގައި ނަމަވެސް މިސްކިތުގައި ނަމާދުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ. މިސްކިތް އަލުން ހުޅުވާލާފައިވާއިރު ޢާއްމުނަށް މިސްކިތް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ފަތިހު ފަހަކުން ރޭގަނޑު ނުވަޔަކާ ހަމައަށްކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.