ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބު ނުކުރެވޭ 8 ރަށެއްގެ އިންތިޚާބު އަންނަ އޯގަސްޓް މަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެއް މަދުން މެމްބަރުން ކުރިމަތިލާފައިވާ ދާއިރާތަކުގައާއި، އެއްވެސް މެމްބަރަކު ކުރިމަތިލާފައިނުވާ ދާއިރާތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު މިއަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ މަދުން މެންބަރުން ކުރިމަތިލާފައިވާ ދާއިރާތަކާއި، އެއްވެސް މީހަކު ކުރިމަތިލާފައިވާ ނުވާ ދާއިރާތަކަށް މެންބަރުން އިންތިޚާބު ކުރުމަށް އިންތިޚާބު ބާއްވާ ދާއިރާތައް ދާއިރާ އިންތިޚާބު ކުރަންޖެހޭ މެމްބަރުންގެ އަދަދު:
1. ހދ. ނޮޅިވަރަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ – 1 މެމްބަރަކު
2. ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ – 2 މެމްބަރުން
3. ބ. ފުޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ – 1 މެމްބަރަކު
4. ދިއްފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ – 1 މެމްބަރަކު
5. އއ. ފެރިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ – 4 މެމްބަރުން
6. ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމި – 5 މެމްބަރުން
7. މ. ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ – 5 މެމްބަރުން
މެންބަރުން އިންތިޚާބު ނުކުރޭ 8 ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021 އޯގަސްޓް 7 ވާ ހޮނހިރުދުވަހު ބޭއްވުމަށް @ElectionsMv ނިންމައިފި. @lgaMaldives @LGA_Maldives @mvpeoplesmajlis @psmnewsmv @ANashath @FuwadThowfeek pic.twitter.com/Qr7VobsrmK
— Ismail Habeeb (@IsmailHabeeb) June 17, 2021
މީގެ އިތުރުން 1 މެއި 2021 ގައި ބޭއްވި 2 ވަނަ ބުރުގައި އެއްވަރުވެގެން 3 ވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާ ދާއިރާއެއްގެ އިންތިޚާބެއްވެސް އެދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ނ.މަގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ދެވަނަ ފަހަރަށްވެސް އެއްވަރުވުމުން ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބެކެވެ.
މިއީ ރާއްޖޭގެ ތާރީހުގައިވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ