މާލެއަތޮޅު ގުޅީފަޅާ ދިމާލު ބޭރުގައި ބަނދަރުކޮށްފައި އޮތް އުޅަދަކުން ބިދޭސީއެއް ވެއްޓި ބޯފަޅައިގެން ދިއުމުން ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ގުޅީފަޅާ ދިމާލު ބޭރުގައި ބަނދަރުކޮށްފައި އޮތް "ވިކްޓޯރިއާ 267″ ނަމަކަށް ކިޔާ ބޯޓަކުން ބިދޭސީއެއް ވެއްޓި ބޯފަޅައިގެން ދިއުމާއި ގުޅިގެން އަވަސް ފަރުވާއަށް އެމްއެންޑީއެފް ކޯސްޓް ގާޑުގެ ސްކޮޑަރުންގެ އެހީތެރިކަމާއެކު މެންދުރު 12:10 ހާއިރު އޭނާ މާލެ ގެނެސްފައިވާކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު 11:15 ހާއިރުކަމަށާއި، މިހާރު އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ