ރ. ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީ އާއި ހާވާލުކޮށްފައި ވަނީ ރ. ދުވާފަރު ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެވެ. މިމަސައްކަތުގެ ތެރެއިން އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް 14 ޖޫން 2021 ވަނަ ދުވަހު ނިންމާލާފައި ވާއިރު މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށް އެކުންފުނިން ބުނެއެވެ.
We have completed land reclamation works of R. Dhuvaafaru on 14th June 2021 and currently shore protection works are ongoing. The value of the project is MVR 143.11 million. #MTCCProjects pic.twitter.com/Lzy7JDhnpV
— MTCC Plc (@MTCCPlc) June 17, 2021
މި މަޝްރޫޢުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް އެކުންފުނިން ކުރާނެ އެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 143.11 މިލިއަން ރުފިޔާއަށެވެ.
ކޮމެންޓު ފޮނުވާ