ބަޔޯޑިގްރޭޑަބަލް ކޮތަޅުކަމަށް ބަލާނެ މިންގަނޑާއި، ހުއްދަދޭނެ އުސޫލު އާންމުކޮށްފި

ބަޔޯޑިގްރޭޑަބަލް ކޮތަޅުކަމަށް ބަލާނެ މިންގަނޑާއި، ހުއްދަދޭނެ އުސޫލު އާންމުކޮށްފި

Author
މުޙައްމަދު ޝަޒައިމް
16 ޖޫން 2021 10:50
0

ބަޔޯޑިގްރޭޑަބަލް ކޮތަޅުކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި އެ ތަކެއްޗަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން އާއްމުކޮށްފިއެވެ.

މިގޮތުން، ބަޔޯޑިގްރޭޑަބްލް ކޮތަޅުކަން އަންގައިދޭ ސެޓުފިކެޓު ދޫކުރެވޭނީ، މިންގަނޑުތަކަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ ކޮތަޅަށްކަމަށް އެންވާރުމަންޓް މިނިސްޓްރީ ބުނެއެވެ. ބަޔޯޑިގްރޭޑަބަލް ކޮތަޅުކަމަށް ބަލާނެ މިންގަނޑުތަކުގެ ތެރޭގައި:

– "ރިކުއަރމަންޓްސް ފޮރ ޕެކޭޖިންގ ރިކަވަރަބްލް ތުރޫ ކޮންޕޯސްޓިންގ އެންޑް ބަޔޯޑިގްރެޑޭޝަން – ޓެސްޓް ސްކީމް އެންޑް އިވެލުއޭޝަން ކްރައިޓީރިއާ ފޮރ ދަ ފައިނަލް އެކްސެޕްޓެންސް އޮފް ޕެކޭޖިންގ މިންގަނޑަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ ކޮތަޅުކަމުގައި ވުން.

–  ކޮތަޅުގައި ހުންނަ ހެވީމެޓަލްސްގެ މިންވަރު 2000 EN 13432: "ރިކުއަރމަންޓްސް ފޮރ ޕެކޭޖިންގ ރިކަވަރަބްލް ތުރޫ ކޮންޕޯސްޓިންގ އެންޑް ބަޔޯޑިގްރެޑޭޝަން – ޓެސްޓް ސްކީމް އެންޑް އިވެލުއޭޝަން ކްރައިޓީރިއާ ފޮރ ދަ ފައިނަލް އެކްސެޕްޓެންސް އޮފް ޕެކޭޖިންގ" މިންގަނޑުތަކަށް ވުރެ އިތުރުވެގެން ނުވުން.

– ކޮތަޅު ތައްޔާރުކޮށްފައިވާ މެޓީރިއަލްގެ 90% (ނުވަދިހަ އިންސައްތަ) ގިނަވެގެން 180 (އެއްސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި އަމިއްލަ ޒާތުގައި ނެތިފަނާވެގެންދާ ބާވަތުގެ ކޮތަޅަކަށް ވުން.

– ކޮތަޅު ތައްޔާރުކޮށްފައިވާ މެޓީރިއަލްގެ،އެންމެ މަދުވެގެން 90% (ނުވަދިހަ އިންސައްތަ) އަކީ އޯގަނިކް މެޓީރިއަލް ކަމުގައި ވުން.

– ކޮތަޅު ނެތި ފަނާވެގެން ދިއުމުގައި އެއްވެސް ބާވަތެއްގެ ނުރައްކާތެރި މާއްދާއެއް މާޙައުލުތެރެއަށް ބޭރުވެގެން ނުދިއުން.

– ކޮތަޅު ތައްޔާރުކުރާ މެޓީރިއަލްގެ ނޮންބަޔޯޑިގްރޭޑަބްލް ފްރެކްޝަން 5 (ފަހެއް) އިންސައްތައަށްވުރެ މަތި ނުވުން.

– ކާބޯތަކެތި ބަންދުކުރުމަށް ޚާއްޞަކޮށްގެން ރާއްޖެއަށް އެތެރެކުރާ ކޮތަޅެއްނަމަ، އެ ކޮތަޅު އުފައްދައިފައިވާ މެޓީރިއަލްއަކުން، އޭގައި ބަންދުކުރާ ކާބޯތަކެތީގެ ބާވަތްތަކަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރުން.

– ކޮތަޅު ތައްޔާރުކުރުމަށް ބޭނުންކުރާ އެޑިޓިވްސްގެ ތެރޭގައި ހިމެނޭ ޕޮލިމަރސް (polymers)، އޯގޭނިކް އެޑިޓިވްސް (organic additives)، އިންއޯގޭނިކް ފިލަރސް (inorganic fillers)، ސްޓެބިލައިޒަރސް (stabilizers)، ޕްރޮ-އޮކްސިޑަންޓްސް (pro-oxidants) ފަދަ އެޑިޓިވްސްގެ ތެރޭގައި، އެ މާއްދާއަކީ ދިވެހިރާއްޖޭގެ ތިމާވެށްޓަށް ގެއްލުންދޭ މާއްދާއެއް ކަމަށް ދިވެހި ސަރުކާރުން ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއަކުން ކަނޑައަޅައިފައިވާނަމަ، އެ މައްދާއެއް އެކުލެވޭ މިންވަރު 0.1 (ސުމެއް ޕޮއިންޓް އެކެއް) އިންސައްތައަށްވުރެ ދަށުގައި ހުރުން.

މީގެ އިތުރުން ކޮތަޅުގެ ބޭރުފުށުގައި، "ނެތިފަނާވުމަށް ބޭނުންވާ ޝަރުޠުތައް ލިޔެފައި ހުރުމާއި، ނެތިފަނާވުމަށް ނަގާ މުއްދަތު (ސަރވިސް ލައިފްއާއި ސްޓޯރޭޖް ލައިފް އެނގޭ ގޮތަށް)، އަދި ކޮތަޅު އުފެއްދި ތާރީޚު (މަސް) ލިޔުމާއި، ކޮތަޅުގައި އެކުލެވޭ ބަޔޯޑީގްރޭޑަބްލް އެޑިޓިވްސްގެ ނަމާއި، ކޮތަޅު ރާއްޖެއަށް އެތެރެކުރި ނުވަތަ ރާއްޖޭގައި އުފެއްދި ފަރާތުގެ ނަން ނުވަތަ ލޯގޯގެ އިތުރުން އޭޖެންސީން ދޫކުރާ ސެޓުފިކެޓު ނަންބަރު ފުރިހަމަކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.