އިސްތިއުފާ ދެއްވުމުންވެސް "އީސީ ޝަރީފް" ކިޔާތީ ޝަރީފް ހިތްހަމަނުޖެހިއްޖެ

އިސްތިއުފާ ދެއްވުމުންވެސް "އީސީ ޝަރީފް" ކިޔާތީ ޝަރީފް ހިތްހަމަނުޖެހިއްޖެ

Author
މުޙައްމަދު ޝަޒައިމް
16 ޖޫން 2021 10:20
0

އިލެކްޝަން ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި އަހުމަދު ޝަރީފް އެމަޤާމުން އިސްތިއުފާ ދެއްވުމުންވެސް އޭނާއާއި ދިމާލަށް "އީސީ ޝަރީފް" ކިޔާތީ ހިތްހަމަ ނުޖެހިއްޖެއެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވީ ވޭތުވެދިޔަ 3 އިންތީޚާބުގައި އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކޮށް ދެއްވުނުކަމުގެ ހިތްހަމަޖެހުން އެނާއަށް އެބައޮތްކަމަށެވެ. އަދި ކުރިމަގުގައިވެސް ރައްޔިތުންގެ ޚިދުމަތުގައި ހުންނަވާނެކަމަށް ޝަރީފު ވިދާޅުވިއެވެ. ޝަރީފަށް ގިނަ ބަޔަކު "އީސީ ޝަރީފް" ކިޔަމުން ދިޔައީ، 2018ގެ ރިޔާސީ އިންތިޚާބަށްފަހު، އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމެއްގައި އަންހެން ކަނބަލަކު ޝަރީފަށް ނިސްބަތްކޮށް، އެނަމުން އޭނާއަށް ގޮވައި، ވާހަކަދެއްކި ހިސާބުންނެވެ.

އެހިސާބުން ފެށިގެން އެނަން ވަރަށް ބޮޑަށް މަޝަހޫރުވެ، އޭނާގެ އަޑުކޮޅު ގިނަބަޔަކު ވަނީ ސޯޝަލް މީޑިއާގައިވެސް ދައުރު ކޮށްފައެވެ. ރިޔާސީ އިންތިޚާބު އޮޅުވާލައި ބޮޑެތި މަކަރުތަކެއް ހަދާފައިވާކަމަށް މިހާރުވެސް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރެއެވެ. އަދި ޝަރީފް ވަނީ އިލެކްޝަން ކޮމިޝަންގައި ހުރެގެން އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑަށް ޒާތީ ގޮތުން މަސައްކަތް ކުރައްވާފައިކަމަށް އިދިކޮޅު ކޯލިޝަނުން ދެކެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޝަރީފު އައްޔަންކުރެއްވުމާއި ގުޅިގެން އެ ކޮމިޝަނުގެ ރައީސްގެ މަޤާމަށް އަޙްމަދު ޝަރީފް އިންތިޚާބު ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗްމަހުގެ 6 ވަނަ ދުވަހުގައެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވުމަށްފަހު ވަޑައިގަންނަވަނީ މިސަރުކާރުގެ ކުންފުންޏެއްގެ އިސް މަޤާމަކަށްކަމަށް ޝަރީފްވާނީ އޭރު ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަމާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ޝަރީފަކީ އީސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން ކުރީގެ ރައީސް ޔާމީންގެ އަރިސްބޭފުޅެއްގެ ގޮތުގައި ފެނިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ރިޔާސީ އިންތިޚާބާއި ގުޅިގެން އެމަނިކުފާނާމެދު އުފެދުނު ނުތަވަސްކަމާއި ޝަރީފަށް ކުރިމަތިވަޑައިގެންނެވި ގޮންޖެހުންތަކުގެ ސަބަބުން ރައީސް ޔާމީނާގެ އަރިހުގައި އެއްވެސް މަސައްކަތެއްކުރެއްމުގެ ވިސްނުންފުޅު ނުގެންގުޅޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަރީފޫ
ތިއީ ވ ބޮޑު ވށ ކަމެއް ބަޔަކަށް ކޮއްދީގެން ތިމާމީހާ ވިކިގެން ހޯދި ލަގަބެއްނު، އަހަރެމެން ކިޔާނީ ހަމައެހެން
ޚ ޚަލޯ
ޢީސީ ޝަރީފޫ
ށަރީފު ހީފުޅުކުރެއްވީ އިސްތިއުފާދެއްވީމަ ދިވެހިން ހަނދާންނެތިދާނެ ކަމަށްތޯ ތީބޭފުޅާ ތީ ފަހުގެ ޖީލުދުށް ހަމައެކަނި އީސީ ޝަރީފޫ. . . .