އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައެޅި އިޞްލާހުގެ ބިލަށް އާންމުންގެ ޚިޔާލަށް ނުހުޅުވައި، ކޮމިޓީން ބޭނުންވާ އިދާރާތަކުގެ މައުލޫމާތު އެކަނި ހޯދުމަށް ނިންމައިފިއެވެ.
ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން މަޖިލީހަށް ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަނެ، އެ ބިލް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އިއްޔެއެވެ. ކޮމެޓީން ރޭބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ މުޤައްރިރު އިމްތިޔާޒު ފަހުމީ ވަނީ މިބަލަކީ މަޖިލީހުން ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރާ ބިލަކަށްވުމުން ބިލްގެ މަސައްކަތް ވީހާވެސް އަވަހަށް ގެންދެވޭނެ ގޮތަކަށް ކަންކަން ިއންތިޒާމު ކުރުމަށް ނިންމާފައިވާކަމަށެވެ.
އާންމުކޮށް ކޮމިޓީތަކުން ބިލްތަކުގެ މަސައްކަތްކުރާއިރު، އާންމުންގެ ޚިޔާލަށް ހުޅުވާލައެވެ. ނަމަވެސް މިބިލަށް ޚިޔާލު ހޯދުމަށް ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދުމަށެވެ.
ގިނަ އާންމު ރައްޔިތުންނާއި، ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއި، ދީނީ އިލްމުވެރިންގެ ބޮޑު ކަންބޮޑުވުންތަކެއް މިބިލާއިމެދު އޮތްނަމަވެސް ކޮމިޓީން އެކަމަށް އެއްވެސް ވަރަކަށް އިޝާރާތް ކުރައްވާފައި ނުވެއެވެ. އަދި މިކަމުގައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ މަޝްވަރާ ހޯދުމަށްވެސް ނިންމާފައި ނުވެއެެ. ބިލަށް ކޮމެންޓް ހޯދާނެ ފަރާތްތައް ކަނޑައެޅުމާއެކު ބިލުގެ މަސަައްކަތް ކޮމިޓީން ނިންމާނެ ތާރީހަކީ މި މަހުގެ 23 ވަނަ ދުވަސް ކަމަށް ވެސް ރޭ ނިންމިއެވެ.
"ހިސާން ބިލު" ގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފައެވެ. ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރު ކުރުން ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ވާނެ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ
މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
ކޮމެންޓު ފޮނުވާ