އައިޖީއެމްއެޗާއި ދިމާ މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ އައިޖީއެމްއެޗާއި ދިމާ ބޭރުން މޫދުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:40 ހާއިރު ލިބިފައިވާކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ޢުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، އެމީހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މަޢުލޫމާތު ލިބޭގޮތުގައި މަރުވެފައިވަނީ އެސަރަހައްދަށް ޑައިވިނަށް ގޮސް އުޅުނު މީހެކެވެ. މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ