މާލޭއިން ކަރަންޓު ކެނޑި އިންޓަރނެޓް ޚިދުމަތަށް ބުރޫ އަރައިފި

މާލޭއިން ކަރަންޓު ކެނޑި އިންޓަރނެޓް ޚިދުމަތަށް ބުރޫ އަރައިފި

Author
ހުސެއިން
23 އޮކްޓޯބަރ 2020 10:33
0

މިއަދު ހެދުނު 8:10 އިން ފެށިގެން މާލޭގެ ގިނަ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެޑި ދިރާގު އަދި އުރީދޫގެ އިންޓަރނެޓް ޚިދުމަތަށްވެސް ބުރޫ އަރައިފިއެވެ.

ކަރަންޓު ކެޑުމާއި ގުޅިގެން މިއަދު ހެނދުނު ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހެދުނު މުޅި މާލެއިން ކަރަންޓު ކެޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ހައްލުކޮށް ބައެއް ސަރަހައްދުތަކަށް ކަރަންޓުދޭން މިހާރު ފަށާފައިކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ. ގަޑިއެއްހާއިރުތެރޭ ހުރިހާސަރަހައްދަކަށް ކަރަންޓުދެވިގެންދާނެކަމަށް ސްޓެލްކޯއިން ބުނިކަމުގައި ވިޔަސް އަދިވެސް މުޅި މާލޭގެ ބޮޑުސަރަހައްދަކަށް ކަރަންޓް ޚިދުމަތެއް ނުލިބެއެވެ. އަދި ސެޓެލްކޯއިން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކުރިޔަށް އޮތް ބައި ގަޑިއިރު ތެރޭގައި މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވޭނެއެވެ.

މަޢުލުމާތު ލިބިފައިވާ ގޮތުގައި މުޅި މާލެއިން ކަރަންޓު ދިއުމާއި ގުޅިގެން އުރީދޫ އަދި ދިރާގު ސާވަރތައް ޑައުންވެ، މާލޭގެ އެކި ސަރަހައްދުތަކަށް އިންޓަރނެޓް ޚިދުމަތްވެސް ލިބެމުން ނުދެއެވެ. މުޅި މާލެއިން ކަރަންޓު ކެޑިގެންދިޔަތާ މިހާރުވަނީ ދެގަޑިއިރަށްވުރެ ގިނައިރުވެފައެވެ. އިންނަޓަރނެޓް ޚިދުމަތަށް ބުރޫ އެރުމާއި ގުޅޭގޮތުން ދިރާގު އަދި އުރީދޫއިން އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.