ރާއްޖެއިން ކޯވިޑް-19އަށް އިތުރު 224 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 200ގެ ޢަދަދުތަކަށް ދަށަށް ޖެހިލާފައިމިވަނީ މަހެއްހާ ދުވަސް ފަހުންނެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި 224 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 113 މީހުންނާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި104 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 7 މީހެކެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 70،301އަށް އަރާފައެވެ.
ޕޮޒިޓިވްވީ އަދަދު މަދުވުމާއި ބަލިން ރަނގަޅުވާ އަދަދު އިތުރުވުމާއެކު ބައްޔަށް ފަރުވާހޯދަމުން މިހާރުގެންދާ މީހުންގެ އަދަދު ވަނީ 9،326އަށް ދަށްވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 88މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 1،937 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 60،769 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 3،734 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިއަދު ނިޔާވި މީހުނާއެކު މިބަލީގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު ވަނީ 197އަށް އިތުރުވެފައެވެ.