ވެންޓިލޭޓަރުގައި ކޯވިޑަށް ފަރުވާދިން 7 އަހަރުގެ ކުއްޖާގެ ވެންޓިލޭޓަރުން ނަގައިފި

ވެންޓިލޭޓަރުގައި ކޯވިޑަށް ފަރުވާދިން 7 އަހަރުގެ ކުއްޖާގެ ވެންޓިލޭޓަރުން ނަގައިފި

ކޯވިޑް-19ގައި ހާލު ސީރިއަސްވި އުމުރުން ހަތް އަހަރުގެ ކުއްޖާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވެ ހާލުދެރަވުމުން މީގެ ދެ ހަފްތާ ކުރިން ފެށިގެން ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށާފައިވަނީ ތ. ވިލުފުށީގެ ހަތް އަހަރުގެ އަންހެން ކުއްޖަކަށެވެ. މިއީ މި ބަލީގައި ހާލު ގޯސްވެގެން ވެންޓިލޭޓަރުގައި ފަރުވާ ދިން އެންމެ ހަގު ކުއްޖާ އެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އަޙްމަދު ފައިސަލް ވިދާޅުވީ ކުއްޖާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. ފައިސަލް ވިދާޅުވީ، އެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި، އެ ކުއްޖާ ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 70،077އަށް އަރާފައި ވާއިރު ބައްޔަށް ފަރުވާހޯދަމުންދާ މީހުންގެ އަދަދު މިހާރު ހުރީ 11،041ގައި އެވެ. މީގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 97މީހުންނަށެވެ. މީގެ އިތުރުން މި ބަލި ޖެހިގެން މިހާތަނަށް ރާއްޖޭގައި 197 މީހުން ނިޔާވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *