ނަޝީދު ފޮނުވި މައްސަލަ ކޮމިޓީން ބޭރުކޮށްލީ ރަނގަޅަށް: އިމްތިޔާޒު ކޮމިޓީ

ނަޝީދު ފޮނުވި މައްސަލަ ކޮމިޓީން ބޭރުކޮށްލީ ރަނގަޅަށް: އިމްތިޔާޒު ކޮމިޓީ

Author
މުޙައްމަދު ޝަޒައިމް
13 ޖޫން 2021 04:43
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް ބުނެ، ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީއާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމީ އުސޫލާ އެއްގޮތަށް ކަމަށް އެކޮމިޓީން ބުނެފިއެވެ.

މިމައްސަލާގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށް ދެއްވައި އިމްތިޔާޒު ކޮމިޓީގެ މުޤައްރިރު ސޮއިކުރައްވައި މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮމިޓީން މިމައްސަލާގައި އަަމަލުކޮށްފައިވަނީ މަޖިލީހުގެ ގަވާއިދާއި، އުސޫލުތަކުގެ ތެރެއިން ކަމަށެވެ. މިކަން ބެލުމުގައި ކޮމިޓީން ވަކި ހާއްސަ އުސޫލުތަކެއް ހަދައި މަޖިލީހުގެ ގަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށެވެ.

އަދި ޑިފެންސް މިނިސްޓްރީގެ ނައިބަކު ސޮއިކުރައްވައި ފޮނުވި ސިޓީގެ މައްސަލައިގައި އިމްތިޔާޒް ކޮމިޓީން ގޮތެއް ނިންމީ އެކަން ނިންމި ބައްދަލުވުމުގައި މެމްބަރުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ ތަރުތީބުން ވޯޓަށް އަހައިގެން ކަމަށެވެ. އެ ތަރުތީބުން އެންމެ ފުރަތަމަ އޮތީ އެ މައްސަލަ ކޮމިޓީން ނުބަލަން ހުށަހަޅައި ތާއީދު ލިބިފައި އޮތް ހުށަހެޅުމެއް ކަމަށާއި އެ ހުށަހެޅުން ފާސްކުރީ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް ވެސް ބަޔާނުގައި ބުންނެފައިވެއެ.

އެބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅި ތާއީދު ލިބުނު ހުށަހެޅުންތައް ތަރުތީބުން ވޯޓަށް އެހީ، އެގޮތުން އެންމެ ފުރަތަމަ ހުށަހެޅި ތާއީދު ލިބުނު ހުށަހެޅުމަކީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން މިހާރުވެސް ޕާލިމަންޓްރީ އިންކުއަރީއެއް ކުރިއަށް ގެންދާ ކަމަށާއި، ހާޒިރު ކުރައްވަން ޖެހިވަޑައިގަންނަވާ ފަރާތްތައް، ހާޒިރު ކުރަމުންދާކަމަށާއި، އަދި ހަމައެއާއިއެކު ސިޔާސީ ބޭފުޅަކު ލިޔުމެއްގައި ސޮއިކުރައްވައި ފޮވުވުމަކީ އެއްވެސް ހާލެއްގައި އެބޭފުޅެއްގެ މައްސަލަ ނެގިދާނެކަމެއްކަމަށް ޤަބޫލު ނުކުރެވޭކަމަށް، އަދި މިމައްސަލައަކީ ވަރަށް ގިނަ ޤާނޫނީ މައްސަލަތަކެއް ހުރި މައްސަލައަކަށްވުމުން މައްސަލަ ކޮމިޓީން ބޭރުކޮށްލާފައިވަނީ ހާޒިރުވި މެމްބަރުންގެ ޢައުލަބިއްޔަތުން.

– ކޮމިޓީގެ ބަޔާނުގައި ވެއެވެ.

ކޮމިޓީން ބުނީ އެ މައްސަލަ ނިންމި ބައްދަލުވުމަކީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުުވުމެއް ކަމަށް ވާއިރު ކޮމިޓީގައި މެމްބަރުން ދިން ވޯޓުގެ ނަތީޖާގެ ސްކްރީންޝޮޓްތަކެއް ލީކްވެފައިވާ ކަމަށާއި އެހެންވެ ކޮމިޓީގެ ބައެއް މެމްބަރުންނަށް އުނދަގުލާއި ފުރައްސާރަ ކުރިމަތިވެފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ވިޔަ ނުދިނުމަށް ޓަކައި ސިއްރު ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ނުގެންދަން ވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.

ޒަމީލް މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުން ދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ކޮމިޓީ އަށް ހާޒިރު ނުކުރެވޭނެ ކަމަށާއި ވަކިވަކި ސިފައިންގެ ފަރާތުން މުއައްސަސާއިން ޖަވާބުދާރީ ވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

N Nony
އެއީ މަޖްލިސްގެ އިމްތިޔާޒަށް އަރަަ އިގަތީބާ .އެހެން ނޫނަސް ޢެސިޓީގައި ސޮއިކުރި މީހާއަށްވުރެ އެކަން ކުރުމަށް އަމުރު ކުރިމީހާ ތޯއްޗެ ޒިންމާ ނަގަންޖެހޭނީ . ކީއްވެބާ އެކަމަށް އަމުރު ކުރިމީހާ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނަން ނުކެރުނީ . ނަސްލީ އިމްތިޔާޒު ފްރެންޑްވީމަ އެއްޗެއްނުބުނެ ދަށުމީހާގެ ދުވަސް ދުއްވާލުން . މިއޮތީވާ މަޖްލިސް އެއް ދޮއްތަ އީވާ.