ސަރުކާރުގެ ހިންގުން ބަރާބަރު، ކޮރަޕްޝަންގެ އަމަލުތަކަށް ބަރާބަރަށް ފިޔަވަޅު އަޅުއްވާ: ރޮޒޭނާ

ސަރުކާރުގެ ހިންގުން ބަރާބަރު، ކޮރަޕްޝަންގެ އަމަލުތަކަށް ބަރާބަރަށް ފިޔަވަޅު އަޅުއްވާ: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
13 ޖޫން 2021 03:52
0

މިސަރުކާރުގެ ހިންގުން ސްލޯކަމަށްބުނެ ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވީނަމަވެސް ކޯވިޑްގެ މިދަތި ހާލަތުގައި ރައީސް ޞާލިހު ގެންދަވަނީ ވަރަށް ހިކުމަތްތެރިކަމާއިއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެއަަހާއި ބައިވެފައިވާއިރު، އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށްބުނެ އެމްޑީޕީ ތެރެއިން އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައި ރޮޒޭނާ ވިދާޅުވިީ މިސަރުކާރުން ކޯވިޑްގެ ދަތި އުދަނގޫ ހާލަތުގައިވެސް ގިނަ ކަންތައްތަކެއް ކުރައްވައި ނަތީޖާ ހާސިލް ކުރައްވަމުން ދާކަމަށެވެ. އެތައް ޕްރޮޖެކްޓުތަކެއް މިދަތި ދަނޑިވަޅުގައިވެސް ރައީސް ޞާލިހުގެ އިސްރުޝާދުގެ ދަށުން ހިންގައި، ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ހުއްޓުމެއްނެތި ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާލަތުގައި ސަރުކާރުގެ އެއްވެސް މުވައްޒިފެއްގެ ވަޒީފާއިން ވަކިނުކޮށް، މުސާރަ ބަރާބަރަށް ދެއްވައި ވަރަށް ރަނގަޅަށް ކަންކަން މެނޭޖު ކުރައްވަމުންދާކަމަށެވެ. ކޯވިޑްގެ މިހާލަތުގައިވެސް ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާނަމަ އެކަން ބަލައި ފިޔަވަޅު އެޅަމުންދާކަމީ ފެންނަން އޮތް ހަގީގަތްކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޖުމްލަކޮށް ކުރެވިފައިވާ މަސައްކަތައް ބަލާއިރު ވަރަށް ރަނގަޅު. ކޯވިޑްގެ މި ހަލާތުގައިވެސް ޕްރޮޖެކްޓްތައް ހިންގަވާ. ވަޒީފާއިން ބަޔަކު ނުކަނޑާ. ކޮރަޕްޝަމްގެ އަމަލުތަކަށް ބަރާބަރަށް ފިޔަވަޅު އަޅުއްވާ. ކޮންކަމެއް ނުވެގެންތޯ ބަޔަކު މިތެޅިފޮޅެނީ؟

– ރޮޒޭނާ ވިދާޅުވިއެވެ.

ކޮރަޕްޝަނަށް އެއްވެސް އިރެއްގައި ޖާގަނުދެއްވާނެކަމަށާއި، މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ފެތުރިފައިވާނަމަ، އެކަންކަން ފިލުވާލުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ގިނަ ބަޔަކު ދަނީ ސަރުކާރަށް އެކަށީގެންވާ ގޮތަށް ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ނުކުރެވޭކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.