ރަށު ކަށުކައުންސިލުން އެލްޖީއެ ބޯޑަށް ޕީޕީއެމްގެ ޔާމީން

ރަށު ކަށުކައުންސިލުން އެލްޖީއެ ބޯޑަށް ޕީޕީއެމްގެ ޔާމީން

Author
މުޙައްމަދު ޝަޒައިމް
12 ޖޫން 2021 03:26
0

އެލްޖީއޭގެ ބޯޑަށް މެމްބަރަކު އައްޔަންކުރުމަށް ސިޓީތަކުގެ ރަށު ކަށުކައުންސިލުން ހޮވާ މެންބަރެއްގެ ގޮތުގައި ޕީޕީއެމްއިން ވާދަކުރި ކ.ގުރައިދޫ ކައުންސިލް ރައީސް ހުސެއިން ޔާމީން މުހައްމަދު އިންތިޚާބު ވެއްޖެއެވެ.

ޔާމީން އިންތިޚާބު ވެފައިވަނީ އޭނާއާއި ވާދަކުރެއްވި 6 ކެނޑިޑޭޓުން ބަލިކުރުމަށް ފަހުގައެވެ. ޔާމީން އިންތިޚާބު ކާމުޔާބު ކުރީ 416 ވޯޓުންނެވެ. އޭނާއާއި އެންމެ ވާދަވެރިކޮށް އިންތިޚާބުގައި ވާދަކުރީ އއ.ތޮއްޑޫ ކައުންސިލް ރައީސް އަހުމަދު ކަރަމް އެވެ. ކަރަމްއަކީ އެމްޑީޕީ ކެންޑިޑޭޓެކެވެ. އޭނާއަށް ލިބުނީ 412 ވޯޓެވެ.

މި އިންތިޚާބުގައި ދެން ވާދަކުރި ކެނޑިޑޭޓުންނަށް މާ އެދެވޭ ވޯޓުތަކެއް ލިބިފައި ނުވެއެވެ.

– ހުސެއިން ޔާމީން މުހައްމަދު (ޕީޕީއެމް): 416 ވޯޓު

– އަހުމަދު ކަރަމް: (އެމްޑީޕީ) 414 ވޯޓް

– މުހައްމަދު އިލްހާމް (އަމިއްލަ) 21 ވޯޓް

– އަބްދުﷲ ޒާމިރު (އެމްޑީޕީ) 8 ވޯޓް

– މުހައްމަދު ރަޒީފް (އެމްޑީޕީ) 4 ވޯޓް

– އަބްދުﷲ ވަހީދު (އެމްޑީޕީ) 4 ވޯޓް

– އަހުމަދު އިބްރާހިމް (އެމްޑީޕީ) 2 ވޯޓް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ސިޓީ ކައުންސިލްތަކުން ހޮވާ ގޮނޑިއަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް ވަނީ މިއަދު އިންތިޚާބު ވެފައެވެ. މި ގޮނޑިއަށް އިސްމާއިލް ރަފީޤާއި ވާދަކުރެއްވީ މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއެވެ. މިއަދު ބޭއްވި އިންތިޚާބުގައި ޑރ. މުއިއްޒުގެ މައްޗަށް ރަފީޤް ކުރި ހޯދެއްވީ 3 ވޯޓުންނެވެ. ނަތީޖާ ދައްކާގޮތުން ރަފީގަށް ލިބިވަޑައިގަތީ 24 ވޯޓެވެ. މުއިއްޒަށް ލިބިވަޑައިގަތީ 21 ވޯޓެވެ.

އެލްޖީއޭގެ ބޯޑަށް މެމްބަރަކު އައްޔަންކުރުމަށް ސިޓީތަކުގެ ރަށު ކަށުކައުންސިލުން ހޮވާ މެންބަރެއްގެ ވޯޓުވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މި ނަތިޖާ އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނެއް ނުކުރައްވައެވެ. ރަށު ކައުންސިލުން އިންތިޙާބުކުރާ މެމްބަރުކަމަށް 7 ކައުންސިލަރުން ވާދަކުރެއެވެ. އޭގެތެރޭގައި ހިމެނެނީ އެމްޑީޕީގެ 5 ކައުންސިލަރަކާއި އިދިކޮޅު ޕީޕީއެމްގެ ކައުންސިލަރަކާއި އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު ކައުންސިލަރެކެވެ.

އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން ޕީޕީއެމަށް ނިސްބަތްވާ ކ. އަތޮޅުގެ ރައީސް އަހުމަދު ނިމާލު ވަނީ އިންތިޚާބަކާއި ނުލާ ހޮވިފައެވެ. މި މަޤާމަށް އެމްޑީޕީއަށް ނިސްބަތްވާ ނ. އަތޮޅުގެ ރައީސް މުހައްމަދު ބަޝީރުވެސް ނަން ހުށައެޅިއެވެ. އެހެންނަމަވެސް އޭނާ ފޯމު ހުށައަޅާފައިވަނީ އެކަމަށް ދިން ވަގުތު ހަމަވިފަހުންކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެނާގެ ފޯމު ބަލައިގެންފައެއް ނުވެެއެވެ. ގަނޑި ހަމަވުމުގެ ކުރިން ފޯމު ހުށައެޅިކަން ހާމަކޮށް އީސީގެ ނިންމުން ކޯޓުގައި އިސްތިއުނާފު ކުރާނެކަމަށް ބަޝީރު ވަނީ ކުރިން ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން ދެން އެލްޖީއޭގެ ބޯޑުގައި ހިމެނޭނީ، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.