ކޯވިޑަށް ފަރުވާދެމުންދިޔަ 25 އަހަރު ދިވެހި ޒުވާނަކު ނިޔާވެއްޖެ

ކޯވިޑަށް ފަރުވާދެމުންދިޔަ 25 އަހަރު ދިވެހި ޒުވާނަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
12 ޖޫން 2021 01:46
0

ކޯވިޑް-19 އަށް ފަރުވާ ދެމުންދިޔަ އުމުރުން 25 އަހަރުގެ ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ފ.ނިލަންދޫ އިން ކޯވިޑަށް ޕޮޒިޓިވްވެ ހާލު ދެރަވެގެން މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ފ. ނިލަންދޫ، މޯނިންގްސަން ސަމީއާ އަހުމަދުއެވެ.

ނިލަންދޫއިން މައުލޫމާތު ދިން މީހަކު ބުނެފައިވަނީ ސަމީއާއަށް ނިޔާވުމާއިއެކު މުޅި ރަށުގެ ރައްޔިޔުން ތިބީ ވަރަށްބޮޑު ހިތާމައެއްގައިކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑްގައި މިހާ ޒުވާން އުމުރުގައި ނިޔާވި ދެވަނަ މީހާއެވެ. މީގެ ކުރިން ވަނީ އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކުވެސް ކޯވިޑްގައި ނިޔާވެފައެވެ.

މިއީ ކޯވިޑްގައި ރާއްޖެއިން ނިޔާވި 194 ވަނަ މީހާއެވެ. އަދި މިއީ މިއަދުގެ 2 ވަނަ މަރެވެ. މިއަދު ފުރަތަމަ ނިޔާވީ ހުޅުމާލޭ ފެސިލީގައި ފަރުވާ ދެމުން ދިޔަ، އުމުރުން 84 އަހަރުގެ ދިވެހި އަންހެނެކެވެ. މިމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 9:55 ހާއިރުގައެވެ. އިއްޔެވެސް ރާއްޖެއިން ވަނީ ކޯވިޑް ބަލީގައި ފަރުވާ ކުރަމުންދިޔަ މީހަކު ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.