ހުޅުމާލޭ މެޑިކަލް ފެސިލީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ހުޅުމާލޭ މެޑިކަލް ފެސިލީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
12 ޖޫން 2021 10:48
0

ކޯވިޑް-19 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ހުޅުމާލޭ ފެސިލީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި އަންހެނެކެވެ. މިމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 9:55 ހާއިރުގައެވެ. އިއްޔެވެސް ރާއްޖެއިން ވަނީ ކޯވިޑް ބަލީގައި ފަރުވާ ކުރަމުންދިޔަ މީހަކު ނިޔާވެފައެވެ.

މިއަދު ނިޔާވި މީހާއާއިއެކު، މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ ދުއިސައްތައާއި ގާތްކޮށްފައެވެ. މިހާތަނަށް 193 މީހުން ރާއްޖެއިން ނިޔާވިއިރު އޭގެތެރޭގައި ހިމެނެނީ 176 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި ރާއްޖޭގެ ހާލަތު މިދިޔަ މަހު ގޯސްކޮށް އޮތުމަށްފަހު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. މިދިޔަ މޭމަހު ދުވާލަކަށް ކޯވިޑް ޖެހޭ މީހުންގެ އަދަދު 1000 މަތީގައި 19 ދުވަހު ހުއްޓެވެ. އަދި މަހުގެ 20 ވަނަ ދުވަހު މިއަދަދު ވަނީ 2000 މައްޗަށްވެސް އަރާފައެވެ. މޭމަހު ކޯވިޑްގެ ހާލަތު ގޯސްވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުން މި ބަލީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން އައިސް މިހާރުވަނީ އަދަދުތައް 500 އިން ދަށަށް ވެއްޓިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.