ބިގޭ އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކަލެކްޝަން ބޭގު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ތުތިމަހަށް ކޮށާ ކާޅަށް ކާންދިނަސް" ހައްޤުބަސް ބުނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް އަލިފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން މުސްތަފާ ވިދާޅުވީ، ބިގޭ އަކީ ކޮން ބޭފުޅެއްކަން މިއަދު ހުރިހާ ރައްޔިތުންނަށް ސާފުވެފައިވަކަމަށެވެ. ބިގޭއަކީ ރައީސް ޞާލިހުގެ ކަލެކްޝަން ބޭގް ކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.
ބިގޭ މޮޅު ވާހަކަ ދައްކާކަށް އުޅޭނެ ކަމެއްނެތް! ބިގޭ އަކީ ރައީސުލްޖުމްހޫރިއްޔާގެ ކަލެކްޝަން ބޭގް ކަން ނޭނގޭ އެކަކުވެސް ނެތް!
– މުސްތަފާ ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ބިގޭ ފޮނުވި މެސެޖެއްގައި މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ އެތެރެއިން އޭނާއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެެވެ. ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުނުވާނެ ކަމަށްބުނެ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން، އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ރައީސް ނަޝީދު ކޮމިޓީއަށް ހުށަހެޅުމުން، އެ މައްސަލަ ކޮމިޓީން ބޭރުކޮށްލި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ ފާޑުކިޔުން ބިގޭ އަށްވަނި އަމާޒުކޮށްފައެވެ.
އިވާ ތުހުމަތު ކުރާގޮތުގައި އެ މައްސަލަ ކޮމިޓީން ބޭރުކޮށްފައިވަނީ ބިގޭ، އެކޮމިޓީގައި ހިމެނޭ އެމްޑީޕީ މެމްބަރުންނަށް ގުޅާ އެގޮތަށް ކަން ކުރުމަށް އެންގުމުންނެވެ. އަދި އިންކުއަރީ ފަނިކުރަން ބިގޭ އުޅުއްވާ ކަމަށާއި، އެކަން ނުކުރިއަސް "ބިގޭގެ ސަރުކާރު ދެމިއޮންނާނެ" ކަމަށް އީވާ ވިދާޅުވެފައިވެއެވެ. އީވާ މިގޮތަށް ތުހުމަތު ކުރެއްވިއިރު ބިގޭ އާއި ރައީސް ސޯލިހަކީ ޅިޔަނުންނެވެ.
އީވާގެ މެސެޖުތަކަށް ހަތަރު ދުވަސް ވީފަހުން ބިގޭ ކޮށްފައިވާ މެސެޖުގައި ބުނެފައިވަނީ، އޭނާއާ ގުޅުވާ ހަގީގަތާ ހިލާފު ވާހަކަތައް ސޯޝަލްމީޑިއާގައި ފަތުރާ އަބުރު ކަތިލަމުން ދިއުމަކީ ބަލައިގަންނާން އުނދަގޫ ކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ