ވެރިކަން ކުރާ މާލެ ސިޓީގައި ފަތުރުވެރިންނަށް ބޭނުންވާ އަސާސީކަންކަން ހަމަޖައްސަވައި ދެއްވުމަށް މާލެ ސިޓީ ކައުންސިލްގައި ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް އެދިވަޑައިގެންފިއެވެ.
މާލެ ސިޓީގައި ހުރި މައްސަކަތައް ހައްލު ކޮށްދެއްވުމަށް މާލެ ސިޓީ ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ ސިޓީގެ އެކި މަސައްކަތް ކުރާ ސަރަހައްދުތަކުގައާއި، އަސާސީ ޚިދުމަތްތައް ނުލިބިހުރި ތަންތަނުގައި އެޚިދުމަތް ލިބޭނެ އިންތިޒާމުތައްވެސް ސިޓީ ކައުންސިލުން ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން މާލޭގެ މާރުކޭޓުގައި ފާހާނާ ބަރި ހެދުމާއި، މިސްކިތްތަކުގައި ހުރި މައްސަލަތައް ހައްލުކޮށް ދެއްވުމާއި، ޕާކިން މައްސަލަ ހައްލު ކޮށްދެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މާލެ ސިޓީގައި އެކަށީގެންވާ ފާހާނާ ބަރިއަކާއި، ވިއްސާރައިން ހިޔާވެވޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުމަކީ ވަރަށް ކުރީއްސުރެއް އޮތް ކަންބޮޑުވުމެކެވެ. ނަމަވެސް މިކަމަށްވެސް އަދި މިހާތަނަށް ހައްލެއް ލިބިފައި ނުވެއެވެ. މިކަމާއި ގުޅިގެން މިނިސްޓަރ މައުސޫމް ވަނީ މާލެ ސިޓީ ކައުންސިލުން މިކަން ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ފަތުރުވެރިންނަށް ބޭނުންއަސާސީ ޚިދުމަތްތައް މާލޭގަ ފުރިހަމަކޮށްދުނިމަށް މާލެސިޓީކައުންސިލުގައި އަޅުގަނޑު (ގޮވާނުލައި) އެދެން. އެގޮތުން ޒަމާނީ ފާޚާނާތަކެއް އަދި ވިއްސާރައިގާ ހިޔާވެލެވޭކަހަލަ ތަނެއް ބޭނުން. (ޔޮޓުފަހަރުގެ ގެސްޓުން ފައިބާނެ ޖެޓީ MTCC އާގުޅިގެން މިހާރު އެބަ ހަމަޖެހޭ.
– ޑރ.މައުސޫމް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލާއި އަލަށް ހަވާލުވި، ކައުންސިލަރުންނާއި، މިހާރުގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒު ގެންދަވަނީ މާލެ ސިޓީގައި ހުރި މައްސަލަތައް ހައްލު ކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމާއި ގުޅިގެން ގިނަބައެއްގެ ސަމާލުކަން ސިޓީ ކައުންސިލަށް ހުއްޓި، ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދާ ސްޕީޑާއިމެދު ނުހަނު ހިތްހަމަޖެހޭކަމަށް ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ