ޝާހިދުގެ ޚާއްސަ މަންދޫބަކަށް އެމްބެސެޑަރ ތިލްމީޒާ

ޝާހިދުގެ ޚާއްސަ މަންދޫބަކަށް އެމްބެސެޑަރ ތިލްމީޒާ

Author
މުޙައްމަދު ޝަޒައިމް
10 ޖޫން 2021 09:57
0

ފޮރިން މިނިސްޓަރ އަދި އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް ޢަބްދުﷲ ޝާހިދު، އާއްމު މަޖިލީހުގެ ރައީސްގެ ޚާއްސަ މަންދޫބަކަށް (ސްޕެޝަލް އެންވޯއީ) ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން ހަމަޖައްސަވައިފިއެވެ.

އަދި މީގެ އިތުރުން އާއްމު މަޖިލީހުގެ ރައީސްގެ ޗެފް ޑި ކެބިނެޓްގެ މަޤާމަށް އެމްބެސެޑަރ ނަގަރާޖް ނައިޑޫ ކުމާރްވެސް ވަނީ ހަމަޖައްސަވާފައެވެ. އާއްމު މަޖިލީހުގެ ރިޔާސަތުގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އދގެ އާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނުގެ ޓީމަކީ މިންތީގެ ހަމަހަމަކަން ޤާއިމްކުރެވިފައިވާ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލްކުރެވޭ، އެކި ޤައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމަކަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތައްވެސް ހިމެނޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ މިހާރު ހިނގަމުންދާ އދގެ އާއްމު މަޖިލީހުގެ 75 ވަނަ ދައުރުގެ ރައީސް ވޮލްކަން ބޮޒްކިރް އާއި އިއްޔެ އދގެ މައި މަރުކަޒުގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، އިންތިޚާބުގައި ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައި އަދި ކުރިއަށް ހުރި މަސައްކަތްތަކާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ބޮޒްކިރްގެ ތަޖުރިބާ ހިއްސާކުރެއްވިކަމަށްޓަކައި މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަންޕަ
އާ މުޅި އޮޑީގަ ހިސާނުގެ ދެފައި، އާއިލީ ވެރިކަމަކުން ބާރުތައް ވަކިކުރަން އައިމީހުން ...ޗީޗީ