ހުޅުމާލޭ ސަހަރާގައި މުސްލިމުންނާއި، ޣައިރު މުސްލިމުން ވަޅުލާ ސަރަހައްދު ވަކިކުރަނީ

ހުޅުމާލޭ ސަހަރާގައި މުސްލިމުންނާއި، ޣައިރު މުސްލިމުން ވަޅުލާ ސަރަހައްދު ވަކިކުރަނީ

Author
މުޙައްމަދު ޝަޒައިމް
10 ޖޫން 2021 09:46
0

ހުޅުމާލޭ ސަރަހާގައި ވަޅުމާ މުސްލިމު ރައްޔިތުންނާއި، ޢައިރު މުސްލިމުން ވަޅުލާ ސަރަހައްދު ވަކި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް ފަށާފައިވަނީ ހުޅުމާލޭ ސަހަރާގައި މުސްލިމުންނާއި، ޢައިރު މުސްލިމުންވެސް ވަޅުމުގައި އެއްވެސް އިމެއްނެތި ވަޅުމުގެ ކަންކަން ކުރިއަށްދާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން ދިއުމާއި ގުޅިގެންނެވެ. މިކަމުގެ ކަންބޮޑުވުން މިހާތަނަށް ކުރި ނަމަވެސް މިކަން ފަށާފައިވަނީ ހުޅުމާލެ ދާއިރާއަށް އިންތިޚާބުވި ފުރަތަމަ ކައުންސިލަރު އިބްރާހިމް ޝުޖާގެ ބެލުމުގެ ދަށުންނެވެ.

ޝުޖާ ވިދާޅުވެފައިވަނީ މިމަސައްކަތުގެ ސާވޭގެ ކަންކަން މިހާރު ފެށިފައިވާކަމަށެވެ. އަދި މިކަން ނިންމައި، މުސްލިމުންނާއި އައިރު މުސްލިމުން ވަޅުމުގައި ކަނޑައެޅޭ ސަރަހައްދު ވަރަށް އަވަހަށް ނިންމިގެންދާނެކަމަށެވެ.

ހުޅުމާލެ ސަހަރާގައި ޣައިރު މުސްލިމުން ވަޅުލާ ސަރަހައްދު ވަކި ކުރާ ފާރުގެ ސަރވޭ ކުރިއަށް ދަނީ. ވަރަށް އަވަހަށް މިމަސައްކަތް ފެށިގެން ދާނެ. މިހާރު މުސްލިމުންނާއި ޣައިރު މުސްލިމުން ވަޅުލަމުން ގެންދަނީ އެއްވެސް އިމެއް، ހުރަހެއް ނެތި.

– ޝުޖާ ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ހުޅުމާލޭ ސަހަރާގައި ގިނައިން ވަޅުލަނީ ކޯވިޑް ބަލީގައި ނިޔާވާ މީހުންނެވެ. މީގެ ތެރޭގައި މުސްލިމުންނައި، ޢައިރު މުސްލިމުންވެސް ހިމެނެއެވެ. ހުޅުމާލޭގެ މިސްކިތްތަކާއި، ސަހަރާގައިވެސް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އަވަސް ހައްލުތަކެއް ގެނައުމަށް ޝުޖާ ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މިމަސައްކަތުގައި ސީދާ އަމަލީ ގޮތުން ޝުޖާ ގެންދަވަނީ ބައިވެރިވެސް ވަމުންނެވެ.

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި މެމްބަރުންނާއިއެކު މިހާތަނަށް ރައްޔިތުން އުންމީދުކުރި ވަރުގެ ނަތީޖާތަކެއް ނެރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިހާރު މާލެ ސިޓީ ކައުންސިލަކީ އޮތްތަނެއްކަން އެގޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.