ކޯވިޑްގައި މިއަދު ދެވަނަ މީހަކު ނިޔާވެއްޖެ

ކޯވިޑްގައި މިއަދު ދެވަނަ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
09 ޖޫން 2021 01:02
0

ކޯވީޑް-19އަށް ފަރުވާދެމުން އައި މީހުންގެ ތެރެއިން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެއެވެ.

މިއީ ކޯވިޑްގައި ރާއްޖޭގައި ނިޔާވި 191 ވަނަ މީހާއެވެ. އޭގެ ތެރޭގައި ހިމެނެނީ 174 ދިވެހިންނާއި 17 ބިދޭސީންނެވެ. މިދިޔަ މަހާއި އަޅަބަލާއިރު ރާއްޖޭގައި ކޯވިޑްގައި މަރުވާ މީހުންގެ ޢަދަދު ވަނީ ދަށްވާން ފަށާފައެވެ. އަދި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް ވަނީ ދަށްވާން ފަށާފައެވެ.

އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑަށް ޕޮޒިޓިވްވީ 370 މީހުންނެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދުވެސް ދަށްވަމުންގޮސް އެ ޢަދަދު ވަނީ 152އަށް ދަށްވެފައެވެ. ކޯވީޑް ބަލީގައި މިވަގުތު ރާއްޖޭގަިއ ފަރުވާދެމުން އަންނަނީ 17،461 މީހުންނަށެވެ.

ކޯވިޑް-19ގައި ރާއްޖޭގެ ޙާލަތު އެންމެ ގޯސްވީ މިދިޔަ މަހުއެވެ. މިބަލީގައި މިދިޔަ މަހު 80 އަށްވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.