މަޖިލިސް-19 ބޮޑު އައުލަބިއްޔަތަކުން ކާމިޔާބު ކުރެވުނީ ވަކި މީހެއްގެ އެކަނި މަސައްކަތަކުން ނޫން: ރައީސް

މަޖިލިސް-19 ބޮޑު އައުލަބިއްޔަތަކުން ކާމިޔާބު ކުރެވުނީ ވަކި މީހެއްގެ އެކަނި މަސައްކަތަކުން ނޫން: ރައީސް

Author
މުޙައްމަދު ޝަޒައިމް
08 ޖޫން 2021 08:37
0

ނިމިދިޔަ ރައްޔިތުންގެ މަޖިލީޖުގެ އިންތިޚާބު ތަފާތު ބޮޑުކޮށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ކާމިޔާބު ކޮށްފައިވަނީ ވަކި މީހެއްގެ އެކަނި މަސައްކަތަކުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައިވެސް އެއްޕާޓީއަކަށް މިހާގިނަ ގޮޑި ލިބުނު ފަހަރެވެ. މިފަހަރުގެ އިންތިޚާބަށްފަހު މަޖިލިސް ތެރެއިން ބައެއް ކަންކަން ނިމުމުގައި ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ ފެކްޝަނެއް އޮތްކަމަށް އެތައްބަޔަކު ދިޔައީ ވާހަކަ ދައްކަމުންނެވެ. މިކަން އެންމެ ބޮޑަށް ސާފުވެގެން ގޮސްފައިވަނީ ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާއަށްފަހު މަޖިލިސް ތެރެއިން ކުރެވޭ މަސައްކަތުގައި އެޕާޓީގެ މެމްބަރުން އެޕާޓީގެ މެމްބަރުންނަށް ހުރަސް އަޅައި، ދެއްވާ ރައްދުތަކާއި ދެކެވޭ ވާހަތަކުންނެވެ.

މިގޮތުން މަޖިލިސްގެ ގިނަ މެމްބަރުންނަކީ ރައީސް ނަޝީދުގެ ފޮޓޯ ބޭނުންކޮށްގެން އިންތިޚާބުވި މެމްބަރުންކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. މިވާހަތަކަށް ރައްދު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެވިފައިވަނީ ވަކި މީހެއްގެ ފޮޓޯ ހިފައިގެން ނޫންކަމަށެވެ. އިންތިޚާބު އެހާބޮޑު އައުލަބިއްޔަތަކުން ކާމިޔާބު ވެފައިވަނީ ސަރުކާރާއި، އެމްޑީޕީގެ މެމްބަރުންނާއި، ހެޔޮ އެދޭ އެތައްބަޔަކު ކުރި މަސައްކަތުންކަމަށެވެ. ރައީސް ވަނީ ނުސީދާ ގޮތަކަށް ރައީސް ނަޝީދުގެ ވެރިކަމުގައި ހުންނެވިއިރު ބޭއްވި އިންތިޚާބާއި، އޭގެ ފަހުން ބޭއްވި އިންތިޚާބުތަކުގައިވެސް ބޮޑު ކާމިޔާބެއް ނުލިބި ވާކަން ފާހަގަކުރައްވާފައެވެ. އަދި ނިމިދިޔަ އިންތިޚާބުތަކާއި، މިއިންތިޚާބާ އަޅާކިޔުމަށް އެމަނިކުފާނު ވަނީ ރައީސް ނަޝީދުގެ ފޮޓޯ ބޭނުން ކޮށްގެން އިންތިޚާބުވިކަމަށް ދައްކާ ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮޑިތައް ލިބުނު އިރު 65 ގޮޑު ކާމިޔާބުކުރިއިރު، ސަރުކާރާއި އެތައް ބައެއްގެ މަސައްކަތް އޭގައި ހިމެނިގެން ގޮސްފައިއެވަނީ. އެހެން ނޫންނަމަ އެވަރުގެ ބޮޑު އަދަދަކަށް ކާމިޔާބު ކުރެވިގެންދާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުމެން 2008 އިން ފެށިގެން، 2009 ގައިވެސް އިންތިޚާބަކަށް ދިޔައިން، 2014ގައި ވެސް އިންތިޚާބަކަށް ދިޔައީ. ދެން މިދިޔައީ 2019 ގައި، ނަތީޖާތަކަށް ތިޔަބޭފުޅުން ބައްލަވާ. އޭރުލިބިފައި ހުރި އަދަދާއި، 2019 ގައި އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބު.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ލިބުނު ކާމިޔާބެއްކަމަށެވެ. އޭގައި ރައީސް މުހައްމަދު ނަޝީދާއި، އެތައް ބައެއްގެ މަސައްކަތް އެކުލެވޭކަމަށެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ. ދެން އެންމެ ގިނައިން ގޮނޑި ލިބުނު ޖުމްހޫރީ ޕާޓީއަށް ލިބުނީ 6 ގޮނޑިއެވެ. ފީޕީއެމް / ޕީއެންސީ ކޯލިޝަނަށް ލިބިފައިވަނީ 7 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރި ހަ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރިއިރު އެމްޑީއޭއަށް ލިބުނީ ދެ ގޮނޑިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްސެއް
ރައީސް ނަޝީދު ރައީސް ޔާމީނަށް އެއްބަސް ވެލެއްވި ނަމަ ތިޔަ ބުނާ 65 ގޮޑި ކާމިޔާބު ކުރެ ވުނީސް ތޯ؟