ދުނިޔޭގެ ނިސްބަތުން ރާއްޖޭގައި ކޯވިޑް މަރުތައް މަދު: ރައީސް

ދުނިޔޭގެ ނިސްބަތުން ރާއްޖޭގައި ކޯވިޑް މަރުތައް މަދު: ރައީސް

Author
ޢަލީ އާދަމް
08 ޖޫން 2021 05:35
0

ކޯވިޑް-19 ބަލި ޖެހިގެން ނިޔާވާ މީހުންގެ އަދަދު ނުދިޔޭގެ އެހެނިހެން ގައުމުތަކާއި އަޅާބަލާއިރު ނިސްބަތުން މަދު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ކޯވިޑް ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބަލިޖެހިގެން އެންމެ މީހަކު ދުނިޔެ ދޫކުރުންވެސް އެއީ ފޫނުބެއްދޭވަރުގެ ކަމެއް ކަމަށެވެ. އެހެންނަމަވެސް މިފަދަ ބަލިމަޑުކަމަކީ މަދުން ނޫނީ ދިމާނުވާފަދަ ހާލަތްކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

ކޯވިޑްގެ ހާލަތު މެނޭޖް ކުރުމުގައި ރާއްޖެ ފެއިލް ނުވާކަމަށް ގަބޫލުފުޅުކުރައްވަނީ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖެއިން ދެވޭހިދުމަތްތައް ވެސް ނިސްބަތުން ރަނގަޅުކަން ފާހަގަ ވާތީ ކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރުގައި، އަޅުގަނޑުމެންނަށް މި ދެވޭ ހިދުމަތްތައް އެހާގޯސްކަމަށް އަޅުގަނޑު ނެތިން ދަންނަވާކަށް، އަނެއްކާ މި ބަލީގައި މަރުވާ މީހުންގެ އަދަދުތައް ބަލާއިރުގައި އަޅުގަނޑުމެންނާއި ސިންގަޕޯރ އާ މިކަހަލަ ގައުމުތަކެއް އެއްވަރެއްގައި މި ފެންނަނީ"

– ރައީސް

ރައީސް ވިދާޅުވީ މިފަދަ ކަމަކަށް އެއްވެސް ގައުމަކުން ތައްޔާރަށް ނުތިބޭ ކަމަށާއި މިހެން ދިމާވާ ކުއްލި ކަންކަމުގައި އަތްދަށުން ބައެއް ކަންކަން ދާކަމަށެވެ. އަދި މިފަދަ ހާލަތަކީ 100 އަހަރުން އެއްފަހު ކުރިމަތިވާ ފަދަ ކަންކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކޯވިޑް މެނޭޖްކުރުމުގައި ސަރުކާރު ފެއިލްވެފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވާ ވާހަކަފުޅު މިއަދުވެސް ތަކުރާރު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

k kinboo
kanfaiymathee meehaku nujagaifiyyaa rangalhu
ފ ފަޔާޒް.
ވިސްނާމީހުންގެ ނަޒަރުގައި ރ.އ.މ.ސޯލިހުއަކީ ގައުމެށްގެ ވެރިކަމެށް ހިންގޭވަރުގެ ސިކުނޑިއެށް ހުރިބޭފުޅެށް ކަމަކަށް ގަބޫލު ކުރަން ދަތި ދުނިޔޭގެ ކުރޯނާ ބަލިގެހިފައިވާ ގައުމުތަކާއި މިހަލައްކަ މީހުން ހަމަ ނުވާގައުމެށް މެނޭޖު ނުކުރެވިން ދާދިޔުން ފޫބެއްދުމަށްޓަކާ މިވިދާޅުވަނީ ދުނިޔޭގެނިސްބަތުން ކުރޯނާބަލީގައި މަރުވާމީހުންގެ އަދަދު ބޮޑެށް ނޫނޯ. ރާއްޖެއިން މިބަލިން ދިފާއުވުމަށްޓަކާ ބިލިއަނުން ބިލިއަނުން ކުރިކަމަށް ބުނާހަރަދއި އެއްވަރަށް މެނޭޖު ކުރެވުނު ނަމަ މިހާވަރަށް މީހުން ނިޔާވެގެން ނުދިޔައީސް؛