ސްޓޫޑެންޓް ލޯން ދެއްކުން ފަސްކޮށް ދީފި

ސްޓޫޑެންޓް ލޯން ދެއްކުން ފަސްކޮށް ދީފި

Author
ޢަލީ އާދަމް
08 ޖޫން 2021 05:52
0

ސްޓޫޑެންޓް ލޯނު އަންބުރާ ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19ގެ ސަބަބުން ދަރިވަރުންނަށް ވީ ދަތިތަކަށް ލުއިދިނުމަށް ސްޓޫޑެންޓް ލޯން ދެއްކުން މީގެ ކުރިންވެސް ފަސްކޮށްދީފައި ވެއެވެ.

މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްޓޫޑެންޓް ލޯން ދެއްކުން ފަސްކޮށް ދިނުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. މި މަޝްވަރާތަކަށްފަހު ސްޓޫޑެންޓް ލޯންތައް މި އަހަރުގެ ނިޔަލަށް ފަސް ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަތީ ތައުލީމުގެ ލޯނު އަނބުރާ ދައްކަންޖެހޭ 4،000 އަށް ވުރެން ގިނަ ދަރިވަރުން ރާއްޖޭގައި އެބަތިއްބެވެ. ކޯވިޑްގެ ސަބަބުން މާލީގޮތުން އާންމުންނަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ލުއި ގޮތްތަކެއް އެންމެ ފުރަތަމަ ހަމަޖައްސައިދިން ލޯނުތަކުގެ ތެރޭގައި ސްޓޫޑެންޓް ލޯން ތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.