ޝައުނާ އަށް މަޖިލީހުން ރުހުންދީފި

ޝައުނާ އަށް މަޖިލީހުން ރުހުންދީފި

Author
މުޙައްމަދު ޝަޒައިމް
08 ޖޫން 2021 01:45
0

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަން މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީން މިނިސްޓަރުކަމަށް ޝައުނާ އައްޔަން ކުރެއްވުމަށް ރުހުން ދެއްވާފައިވާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މިނިސްޓަރ ޝައުނާއަށް ރުހުން ދެއްވުމަށް ކޮމިޓީގެ ރިޕޯޓު ތަޅުމަށް ހުށަހެޅުމަށްފަހު، މިއަދު ނެގުނު ވޯޓުގައި ޝައުނާއަށް ރުހުން ދެއްވާފައިވަނީ  57 މެމްބަރުންގެ ވޯޓުންނެވެ. ރުހުންދޭން ނުފެންނަކަމަށް 8 މެންރަކު ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓ ނ ުދެއްވާ 1 މެންބަރަކު ހުއްޓެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓަރަކަށް އައްޔަން ކުރެއްވި ޝައުނާ މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ. ޝައުނާއަށް ވަޒީރުކަން ހަވާލުކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރުގެ މަޤާމުގައި ހުންނެވި ޑރ ހުސެއިން ރަޝީދު ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ކުރައްވައި އެންވަޔަނރަމަންޓް މިނިސްޓްރީއާއި، ޓެކްނޯލޮޖީ މިނިސްޓްރީ އެއްކޮށްލުމަށްފަހުގައެވެ.

ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ އުވާލެއްވުމުން އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި ހުރިހާ މަސައްކަތްތަކެއް ކުރައްވަނީ އަލަށް އުފެއްދެވި މިނިސްޓްރީންނެވެ. އަދި އެ މިނިސްޓްރީގައި ތިބި ހުރިހާ މުވައްޒަފުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ބަދަލުވެގެންދާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ސަރުކާރު ހިންގެވުމަށް ބަދަލުތަކެއް ސަރުކާރުން ގެންނަވާފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުން މާލެއިން އެމްޑީޕީއަށް ނާކާމިޔާބުވުމުން އެކަމާއި ގުޅޭ ކަންކަން ދިރާސާކުރައްވާ ސަރުކާރު ހިންގެވުން އިތުރަށް ހަރުދަނާ ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވުމަށްފަހުއެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދެވުމަށް އިތުރު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.