ލ. ކޯވިޑް ފެސިލީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ލ. ކޯވިޑް ފެސިލީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
08 ޖޫން 2021 12:19
0

ކޯވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު 9:13 ހާއިރު ނިޔާވެފައިވަނީ ލ.ކޯވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ކޯވިޑް ބަލީގައި ރާއްޖެއިން އިއްޔެވެސް ވަނީ 3 މީހަކު ނިޔާވެފައެވެ.

ކޯވިޑް-19ގައި ރާއްޖޭގެ ޙާލަތު އެންމެ ގޯސްވީ މިދިޔަ މަހުއެވެ. މިބަލީގައި މިދިޔަ މަހު 80 އަށްވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.

މިބަލީގައި މިއަދު ނިޔާވި ތިން މީހުންނާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 189 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 172 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.