ކުންފުނިތައް ހަރުދަނާ ކުރުމަށް މަސައްކަތްނުކޮށް ފައްޓަރުބައި ވިއްކާ ނުލައްވާ: ފަޒުލް

ކުންފުނިތައް ހަރުދަނާ ކުރުމަށް މަސައްކަތްނުކޮށް ފައްޓަރުބައި ވިއްކާ ނުލައްވާ: ފަޒުލް

Author
މުޙައްމަދު ޖިމީ
08 ޖޫން 2021 09:41
0

ރައްޔިތުންގެ ބޭނުމަށް އަގުހެޔޮކޮށް ޚިދުމަތް ދިނުމަށް ހެދިފައިވާ ކުންފުނިތައް ވިއްކާ ހުސްކުރުމަކީ ހައްލެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ވިދާޅުވެއްޖެއެވެ.ފަޟުލް މިހެން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން ކުރިއަށް އޮތް ތިން އަހަރު ދެ ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނުމާއި ގުޅިގެންނެވެ.

އެކަމަށް އިޝާރާތްކުރައްވާ ފަޟުލް ވިދާޅުވީ، ރައްޔިތުންގެ ބޭނުމަށް އަގުހެޔޮކޮށް ޚިދުމަތް ދިނުމަށް ހެދިފައިވާ ކުންފުނިތައް ވިއްކާ ހުސްކުރުމަކީ ހައްލެއް ނޫންކަމަށެވެ. އޭނާ ވަނީ ކުންފުނިތައް ހަރުދަނާ ކުރުމަށް މަސައްކަތްނުކޮށް ފައްޓަރުބައި ވިއްކާ ނުލެއްވުމަށް ގޮވާލައްވާފައެވެ.

ރައްޔިތުންގެ ބޭނުމަށް އަގުހެޔޮކޮށް ޚިދުމަތް ދިނުމަށް ހެދިފައިވާ ކުންފުނިތައް ވިއްކާ ހުސްކުރުމަކީ ހައްލެއް ނޫން. ކުންފުނިތައް ހަރުދަނާ ކުރުމަށް މަސައްކަތްނުކޮށް ފައްޓަރުބައި ވިއްކާ ނުލައްވާ.

– އިބްރާހީމް ފަޟުލް ރަޝީދު

ފިނޭންސް މިނިސްޓްރީން ޢާންމުކުރި، "މޯލްޑިވްސް ފިސްކަލް ރިސްކް ސްޓޭޓްމެންޓް"ގައި ބުނެފައިވާގޮތުން، ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުން، އެ ތަންތަނުގެ ހިންގުން ރަނގަޅުކޮށް، ފައިދާ ބޮޑު ކުރެވޭނެކަމަށެވެ. އަދި ޕްރައިވެޓައިޒް ކުރުމުން ބައެއް ކުންފުނިތަކުގެ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކައި، ކުންފުނިތައް ލިސްޓު ވެސް ކުރާނެކަމަށްވެސް ބުނެފައިވެއެވެ.

2021-2023 އަށް ހިންގާ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމުގެ ދަށުން މިއަހަރު 460 މިލިއަން ރުފިޔާ ހޯދުމަށް ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.