ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންދިޔަ މާދިހު އިސްމާއިލް (މާޑު) ކުއްލި ގޮތަކަށް ރޭ ފަތިހު ނިޔަވެއްޖެއެވެ.
މާދިހު ނިޔާވެފައިވަނީ ފަތިހު 5:32 ހާއިރުގައެވެ. މާދިހު ނިޔާވެފައިވަނީ ހޮޑުލެވި، މާބޮޑަށް މީހާގެ ހާލަތި ދެރަވާން ފެށުމުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. މާދިހުގެ ކުއްލިމި ވަކިވުމާއިއެކު މުޅި ކުޅިވަރުގެ އައިލާއަށް ވަނީ ބޮޑު ހިތާމައެއް ލިބިފައެވެ.
ރާއްޖޭގެ ހުރިހާ ކުޅިވަރެއްގައިވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންދިޔަ މާދިހުއަކީ، އެކި އެސޯސިއޭޝަންތަކުގައި އެކި މަޤާމުތައްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
މާދިހު އަކީ ކޯވިޑްގެ އާލާސްކަންފުޅުގައި މިދިޔަ އަހަރު ނިޔާވި ރ.އަތޮޅުގެ ކުރީގެ މެމްބަރު ޒަކަރިއްޔާ އިސްމާއިލްގެ ބޭފުޅެކެވެ. މާދިހު އަކީ ރާއްޖޭގެ ކުރީގެ އެއްވަނަ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލްގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.
ގިޔާސުއްދީން ސްކޫލްގެ ސްޕޯޓްސް ކޯޑިނޭޓަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ މާދިހު ވަނީ ނިމިގެންދިޔަ ފުޓްބޯޅަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބެންޗުން ވެސް ފެނިފަ އެވެ. މާޒިޔާގައި އޭނާ މަސައްކަތްކުރަމުންދިޔައީ އެ ކްލަބުގެ ފިޒިއޯތެރަޕިސްޓްގެ ގޮތުގައެވެ.
ޚަބަރު އޮންލައިންގެ ފަރާތުންވެސް މާދިހުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.
ކޮމެންޓު ފޮނުވާ