ކޯވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 75 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައި ވާކަމަށެވެ. މިމީހާ ނިޔާވެފައިވަނީ މިރޭ 8:40 ހާއިރުއެވެ.
މިއީ ރާއްޖެއިން މިބަލީގައި މަރުވި 188 ވަނަ މީހާއެވެ. މީގެތެރޭގައި ހިމެނެނީ 171 ދިވެހިންނާއި 17 ބިދޭސީންނެވެ. މިއީ މިއަދު ރާއްޖެއިން ކޯވިޑްގައި ނިޔާވި ތިންވަނަ މީހާއެވެ.
ކޯވިޑް-19ގައި ރާއްޖޭގެ ޙާލަތު އެންމެ ގޯސްވީ މިދިޔަ މަހުއެވެ. މިބަލީގައި މިދިޔަ މަހު 80 އަށްވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.
މިއަދު ވަނީ ރާއްޖެއިން މިބަލީގައި ނިޔާވި އެންމެ ދުވަސް ވީ މީހާވެސް ނިޔާވެފަ އެވެ. އެއީ 102 އަހަރުގެ މީހެކެވެ.
ކޮމެންޓު ފޮނުވާ