ވެކްސިން ދެޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 173،000އިން މައްޗަށް

ވެކްސިން ދެޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 173،000އިން މައްޗަށް

Author
މުޙައްމަދު ޖިމީ
07 ޖޫން 2021 10:24
0

ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 173،291އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ މާލެ ސަރަހައްދުގައި 326މީހަކު ދެވަނަޑޯޒް ޖަހާފައިވާއިރު، އަތޮޅުތެރޭގެ އެކި ރަށްރަށުން 702 މީހުންވަނީ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހާފައެވެ.

މީގެ އިތުރުން އިއްޔެ 393 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ޖަހާފައި ވެއެވެ. އެއީ މާލެ ސަރަހައްދުން 99 މީހުން އަދި އަތޮޅުތެރޭގެ އެކި ރަށްރަށުން 294 މީހުނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމަލް ޢަދަދުވަނީ 312،133 އަށް އިތުރުވެފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.